ކ. މާލެ
|
3 ޖުލައި 2023 | ހޯމަ 07:23
ޖޯޖް ޖީސަސް
ޖޯޖް ޖީސަސް
ޓްވިޓަރ
އަލް ހިލާލް
ޖޯޖް ޖީސަސް، އަލް ހިލާލްގެ ކޯޗުކަމާ އަލުން ހަވާލުވެއްޖެ
އޭނާ ވަނީ 2018 ވަނަ އަހަރު އަލް ހިލާލަށް ކޯޗުކޮށްދީފައި

އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސައުދީ ޕްރޯ ލީގުގެ އަލް ހިލާލްގެ ކޯޗަކަށް ޕޯޗުގަލްގެ ޖޯޖް ޖީސަސް އަލުން ހަމަޖައްސައިފިއެވެ.

ތުރުކީގެ ފެނަބާޗޭއިން ރިޔާދަށް އައި ބެންފީކާގެ ކުރީގެ ކޯޗު ޖީސަސް މީގެ ކުރިން 2018-19 ވަނަ އަހަރު ވަނީ އަލްހިލާލަށް ކޯޗުކޮށްދީފައެވެ. އޭނާ ހަވާލުވި ފުރަތަމަ މެޗުގައި ވާދަވެރި އަލް އިއްތިހާދުގެ މައްޗަށް ކުރިހޯދާ ސައޫދީ ސުޕަ ކަޕް ކާމިޔާބު ކޮށްދިނެވެ.

މިދިޔަ ސީޒަނުގައި އޭނާ ވަނީ ތުރުކީ ކަޕް ކާމިޔާބުކޮށް، ނުވަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ފެނަބާޗޭ އަށް ތަށި ހޯދައިދީފައެވެ. އެ ޓީމު އޮތީ ތުރުކީ ސުޕަ ލީގުގެ ދެ ވަނައިގައެވެ.

އަލް ހިލާލްގެ ކުރީގެ ކޯޗު، ރަމޮން ޑިއާޒް ވަނީ އަމިއްލަ ސަބަބުތަކަށްޓަކައި އާޖެންޓީނާއަށް ބަދަލުވެފައެވެ. އޭނާ ވަނީ ދިއުމުގެ ކުރިން މެއި މަހުގެ މެދުތެރޭގައި އަލްހިލާލް ކުޅުންތެރިންނަށް އަލްވަދާއު ކިޔާފައެވެ. އޭނާގެ ކޮންޓްރެކްޓް ހަމަވާން އޮތީ މި ސީޒަނަށް ފަހުއެވެ.

2022-23 ވަނަ އަހަރުގެ ލީގު ތާވަލުގެ ތިންވަނައިގައި އަލްހިލާލް އޮތީ ޗެމްޕިއަން އަލް އިއްތިހާދު އަދި ރަނަރަޕް އަލްނަސްރުގެ ފަހަތުންނެވެ.

އަލް ހިލާލުން ވަނީ ދާދި ފަހުން ޗެލްސީގެ ކުލިބާލީ އާއި ވޮލްވްސްގެ ނެވޭސް އެ ޓީމަށް ގެންގޮސްފައެވެ.

- ކޮމެންޓް