Advertisement
ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 19:47
ރައީސް ޔާމީން
ރައީސް ޔާމީން
ގޫގުލް
ރައީސް ޔާމީން
ރައީސް ޔާމީން މިރޭ ސިންގަޕޫރަށް ފުރާ ވަޑައިގަންނަވަނީ
ރައީސް ޔާމީން މިރޭ ސިންގަޕޫރަށް ވަޑައިގަންނަވަނީ 11:30ގައި އޮންނަ ސިންގަޕޫރު އެއާރލައިންގެ ފްލައިޓަކުން
ކޮން ބޭނުމެއްގައިކަން ކަށަވަރެއް ނުވޭ
އާދައިގެމަތިން ތަރުޖަމާނު ފޯނަށް ޖަވާބެއް ނުދެއްވާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބުރާސްފަތި ދުވަހުގެ ރޭ ސިންގަޕޫރަށް ފުރާވަޑައިގަންވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ސިންގަޕޫރަށް ފުރާ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 11:30 ގައި ސިންގަޕޫރު އެއާރލައިންގެ ފްލައިޓަކުންނެވެ.

ނަމަވެސް ރައިސް ޔާމީން ސިންގަޕޫރަށް ފުރާ ވަޑާއިގަންނަވަނީ ކޮން ބޭނުމެއްގައިކަން އަދި ވަނީ އޮޅުން ފިލާގޮތް ނުވެފައެވެ. ރައީސް ޔާމީންގެ މިދަތުރުފުޅުގެ މައުލޫމާތު ހޯދާލުމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީއަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ރައީސް ޔާމީން ބުރާސްފަތި ދުވަހުގެ ރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހުންެނެވީ ސިންގަޕޫރުގައެވެ.

ރައީސް ޔާމީން ސިންގަޕޫރަށް ވަޑައިގަންނަވާއިރު، ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމަބަރުން ސިޔާސީ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފިނަމަ މަޖިލީހުގައި އެ މެމްބަރަކު ތަމްސީލް ކުރައްވާ ގޮނޑި ގެއްލޭގޮތަށް ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު މިވަނީ އަނިލް ހުށަހެޅުއްވި ގޮތަށް ނިންމާ ހުކުމް ކޮށްފައެވެ.

ސުޕްރީމް ކޯޓުގެ މި ހުކުމާއި ގުޅިގެން ގުޅިފައިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި ސިޔާސީ ލީޑަރުންނާއި އާއްމު ރައްޔިތުން ގެންދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
14 ޖުލައި 2017 | ހުކުރު 01:33
އަހަންމާ
ބައްލަވާ ރައީސްމައުމޫންއެކަނިތޯސިންގަޕޫރުގަހުންނެވީ
14 ޖުލައި 2017 | ހުކުރު 00:25
ޖައްބާރު
ކިނބޫ ކަށިކޮޅެއް ބޭނުންވެގެން ދާން އުޅުނީ. ޢެކަން ހަމަޖެހިއްޖެ. ނުފުރާ. ކަށި ނެގީ ގާނޫނު އަސާސީ ކަތިލާފަ
13 ޖުލައި 2017 | ބުރާސްފަތި 21:07
ސައްޕޭ
ތިޔަވާނީ އެއްކަލަލާރިގަޑު ބޭންކުތަކުންނަގާފައި އެދުތަންދޮށޮގައި ވަޅުލަން ޖަހާބުރެއްކަމަށް