Advertisement
ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 18:29
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ގާސިމްގެ ޝަރީއަތް
ގާސިމްގެ ޝަރީއަތް ހުކުރު ދުވަހަށް ތާވަލްކޮށްފި
ގާސިމްގެ މައްސަލަ ތާވަލްކުރީ ހުކުރު ދުވަހުގެ ރެއަށް
ހުކުރު ދުވަހު އޮންނާނީ ގާސިމްގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޝަރީއަތް ހުކުރުދުވަހުގެ ރޭ 8:30 އަށް ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފިއެވެ.

 

ދައުލަތުން މީގެ ކުރިން އޭނާގެ މައްޗަށް އުފުލި ތިން ދައުވާއެއް ކޯޓުން ބާތިލް ކުރުމުން، އިއްޔެ ވަނީ އެ މައްސަލަ އަލުން ކޯަޓަށް ވައްދާފައެވެ.  މައްސައާއި ގުޅޭ ލިޔެކިޔުންތައް ބުރާސްފަތި ދުވަހުގެ ހެނދުނު ވަނީ ގާސިމްއާއި ހަވާލުކޮށްފައެވެ. ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއެވެ.

 

ދެވަނަ ފަހަރަށް އެ މައްސަލަ އަލުން ކޯޓަށް ހުށަހެޅީ ބުދަ ދުވަހުއެވެ. ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ ޤާސިމްގެ މައްޗަށް ދައުވާކޮށްފައިވާ ތިން މައްސަލަ ވެސް ކޯޓުން ބޭރުށްލީ ޝަރީއަތް ފަސްކޮށް ދިނުމަށް އެދިފައި ވަނިކޮށް ކަމަށެވެ. އެކަން ކޯޓްގެ ރަޖިސްޓްރާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ބިޝާމް ވިދާޅުވިއެވެ. ޤާސިމްގެ މައްސަލަ ކޯޓުން ބޭރުކޮށްލިއިރު އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން އޭރު އިސް ގާޒީއަކަށް ހުންނެވި ޢަބްދުލް ބާރީ ޔޫސުފް މިހާރު ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައެވެ.

 

މިމަހުގެ ދެ ވަނަ ދުވަހު އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ކުރިން ލިޔެކިޔުންތައް ބަަދަލުކޮށް، އިބްތިދާއީ އަޑުއެހުމެއް ބާއްވަން ޖެހެއެވެ. މައްސަލައިގެ ޝަރީއަތް ފަށާނީ އިބްތިދާއީ އަޑުއެހުމަކަށް ފަހުއެވެ. އެހެންކަމުން ހުކުރު ދުވަހު އޮންނާނީ ގާސިމްގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް