ކ. މާލެ
|
2 ޖުލައި 2023 | އާދީއްތަ 06:45
ޓޮމް ކްލެވާލީ
ޓޮމް ކްލެވާލީ
ޓްވިޓަރ
ޓޮމް ކްލެވާލީ
އަނިޔާގެ ސަބަބުން ޓޮމް ކްލެވާލީ ރިޓަޔާކޮށްފި
ކްލެވާލީ އަކީ 2012-13 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި މެންޗެސްޓާ ޔުނައިޓެޑު ޓީމުގައި ހިމެނުނު ކުޅުންތެރިއެއް

އަނިޔާގެ ސަބަބުން އިންގްލެންޑު އަދި މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ މިޑްފީލްޑަރު ޓޮމް ކްލެވާލީ އުމުރުން 33 އަހަރުގައި ރިޓަޔާކޮށްފިއެވެ.

މެންޗެސްޓާ ޔުނައިޓެޑުން ކެރިއަރު ފެށި ކްލެވާލީ ވަނީ ލެސްޓާ، ވިގަން، އެސްޓަން ވިލާ އަދި އެވަޓަން އަށް ވެސް ކުޅެފައެވެ. އޭނާ އެންމެ ފަހުން ކުޅެފައިވަނީ ޗެމްޕިއަންޝިޕްގައި ވަޓްފޯޑަށެވެ.

މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ކަކުލަށް އަނިޔާވުމުގެ ކުރިން 2022-23 ވަނަ އަހަރުގެ ސީޒަން ފެށުނު އިރު ކްލެވާލީއަށް ވަނީ އަކިލިސް ޓެންޑަން އަށް އަނިޔާވެފައެވެ.

ކްލެވާލީ އަކީ 2012-13 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި މެންޗެސްޓާ ޔުނައިޓެޑު ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. ޔުނައިޓެޑަށް 79 މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ 2009-10 ވަނަ އަހަރު ވަޓްފޯޑްގައި ވެސް ހިމެނޭ ގޮތަށް އޯލްޑް ޓްރެފޯޑުން ބޭރުގައި ލޯން ސްޕެލްތަކެއް ހަދައި، 2015 ވަނަ އަހަރު ދާއިމީކޮށް އެވަޓަންއާ ގުޅިފައެވެ.

2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ވަޓްފޯޑަށް އެނބުރި އައިސް އޭނާގެ ދެވަނަ ސްޕެލްގައި 146 މެޗު ކުޅެފައިވާއިރު، އޭގެ ތެރޭގައި 2019 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން ބަލިވި މެޗު ހިމެނެއެވެ.

ވަރަށް އަވަހަށް ކުލަބާއި ކްލެވާލީ ގުޅިގެން އުފާވެރި ހަބަރެއް އިއުލާނު ކުރާނެ ކަމަށް ވަޓްފޯޑުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް