ކ. މާލެ
|
2 ޖުލައި 2023 | އާދީއްތަ 06:42
ސެމުއެލް އުމްޓިޓީ
ސެމުއެލް އުމްޓިޓީ
ޓްވިޓަރ
ސެމުއެލް އުމްޓިޓީ
ބާސެލޯނާއިން ސެމުއެލް އުމްޓިޓީގެ އެއްބަސްވުން އުވާލައިފި
އުމްޓިޓީ ބާސެލޯނާ އާ ގުޅުނީ 2016 ވަނަ އަހަރު

ބާސެލޯނާއިން ސެމިއުލް އުމްޓިޓީއާ އެކު އެއްބަސްވުމަކަށް އައިސް، އޭނާގެ ކޮންޓްރެކްޓްގެ ފަހު ތިން އަހަރު އުވާލާ، ޑިފެންޑަރު ދޫކޮށްލަން ނިންމައިފައެވެ.

މިދިޔަ ސީޒަން ލޯން އުސޫލުން އިޓަލީގެ ލެކޭގައި ހޭދަކުރުމަށް ފަހު 29 އަހަރުގެ އުމްޓީޓީ، މި އަހަރުގެ ހޫނު މޫސުމުގައި ހިލޭ އެޖެންޓެއްގެ ގޮތުގައި ހުންނާނެއެވެ. ބާސާއިން އޭނާ ދޫކޮށްލި ސީދާ ޝަރުތުތައް ހާމަކޮށްފައިނުވި ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ އަލަށް ސޮއިކުރާ ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް މުސާރައިގެ ބައެއް ޖާގަ ހުސްވެގެންދާނެ ކަމަށެވެ.

2016 ވަނަ އަހަރު ލިޔޯން އިން 25 މިލިއަން ޔޫރޯއަށް ބާސާއާ ގުޅުނު އުމްޓީޓީ ވަރަށް އަވަހަށް ޑިފެންސުން ޖެރާޑް ޕީކޭއާ އެކު އާންމުކޮށް އަރުވާ ކުޅުންތެރިއެއްގެ ގޮތުގައި ޖާގަހޯދިއެވެ. އެ ފޯމުގެ ސަބަބުން 2018 ވަނަ އަހަރު އައު ކޮންޓްރެކްޓަކާއި މުސާރަ ބޮޑުވި ނަމަވެސް ފްރާންސާއެކު އެ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރުމަށްފަހު ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާގެ ކުލަބު ފޯމަށް އަސަރުކުރިއެވެ.

ބާސާއާއެކު ކުޅުނު ފުރަތަމަ ދެ ސީޒަނުގައި 83 މެޗު ކުޅުނު ނަމަވެސް، ޖެހިގެން އައި ހަތަރު ސީޒަނުގައި އޭނާ ކުޅެފައިވަނީ އެންމެ 50 މެޗެވެ. މިދިޔަ ސީޒަނުގައި އިޓަލީގައި އޭނާ ވަނީ އަނިޔާއިން ސަލާމަތްވެ، 25 މެޗު ކުޅެ، ލެކޭ އިޓާލިއަން ލީގުގައި މަޑުކުރަން އެހީތެރިވެދީފައެވެ.

ނަމަވެސް އޭނާގެ ފޯމުން އޭނާ ބާސާގެ ޕްލޭންތަކަށް އެނބުރި އައިސްފައިނުވާއިރު، ސެންޓާ ބެކް ޖާގައަށް ރޮނާލްޑް އަރައުޖޯ، އަންދްރިއާސް ކްރިސްޓެންސަން، ޖޫލްސް ކޫންޑޭ އަދި އެރިކް ގާސިއާ ވާދަކުރެއެވެ. އިނިގޯ މާޓިނޭޒް ވެސް މި އަހަރުގެ ހޫނު މޫސުމުގައި އެތުލެޓިކް ކުލަބުން ހިލޭ އެޖެންޓެއްގެ ގޮތުގައި ބާސާއާ ގުޅޭނެ ކަމަށް ބޭރުގެ ރިޕޯޓުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

އުމްޓިޓީގެ އިތުރުން މިދިޔަ ސީޒަނުގައި ޓޮޓެންހަމްގައި ލޯނު އުސޫލުން ހޭދަކުރި ޑިފެންޑަރު ކްލެމެންޓް ލެންގްލެޓުގެ އެއްބަސްވުންވެސް ބާސާއިން އުވާލަން މަސައްކަތް ކުރަމުން އަންނަ އިރު، އޭނާ ވަކިވުމަކީ ގާތް ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

- ކޮމެންޓް