ކ. މާލެ
|
1 ޖުލައި 2023 | ހޮނިހިރު 20:28
މާކަސް ތުރާމް
މާކަސް ތުރާމް
ޓްވިޓަރ
އިންޓަރ މިލާން
ހިލޭ ޓްރާންސްފަރއެއްގައި މާކަސް ތުރާމް އިންޓަރ މިލާނަށް
 
ތުރާމް ވަނީ މޮންޗެންގްލަޑްބެކްއަށް 134 މެޗު ކުޅެދީފައި

ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބެކްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން، ފްރާންސްގެ މާކަސް ތުރާމް އިންޓަރ މިލާނާއެކު ސޮއިކޮށްފިއެވެ.

އުމުރުން 25 އަހަރުގެ ތުރާމަކީ ފްރާންސާއެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ބާސެލޯނާ އަދި ޔުވެންޓަސްގެ ކުރީގެ ޑިފެންޑަރު ލިލިއަންގެ ދަރިއެކެވެ. ތުރާމް ވަނީ މޮންޗެންގްލަޑްބެކްއަށް 134 މެޗު ކުޅެދީ، ޖަރުމަނުގެ ކުލަބާއެކު ހަތަރު ސީޒަނުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ. މޮންޗެންގްލަޑްބެކާ އޭނާ ގުޅުނީ 2019 ވަނަ އަހަރުއެވެ.

މިދިޔަ އޭޕްރީލް މަހު މޮންޗެންގްލަޑްބެކުން ވަނީ އޭނާގެ އެއްބަސްވުން އައު ނުކުރާނެކަން ކަށަވަރުކޮށްދީފައެވެ. އޭގެފަހުން ފާއިތުވި މަސްތަކުގައި ޔޫރަޕުގެ ގިނަ ކުލަބްތަކަކުން ވަނީ އޭނާ ހޯދުމަށް މަސައްކަތް ކޮށްފައެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފިންލޭންޑާ ދެކޮޅަށް ފްރާންސް ޖަރޒީގައި ފުރަތަމަ މެޗު ކުޅުނު ތުރާމް ވަނީ ފްރާންސަށް ބައިނަލްއަގުވާމީ 10 މެޗު ކުޅެދީފައެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ އަތުން ފްރާންސް ބަލިވި މެޗުގައި އޭނާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް