Advertisement
ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 16:05
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
މުހައްމަދު ޝަރުހާން
ގޮނޑި ގެއްލުވާލުން
ގޮނޑި ގެއްލޭ މައްސަލައިގެ އަޑުއެހުމެއް ކުއްލި ގޮތަކަށް ތާވަލްކޮށްފި
މައްސަލަ ހުށަހެޅީ އޭޖީ އަނިލް
ޤާނޫނީ ވަކީލުންނާއި މަޖިލިސް މެންބަރުން ދަނީ ތަދައްޚުލް ވަމުން
މިހާތަނަށް 31 މެންބަރަކު ތަދައްޚުލް ވުމަށް ފޯމު ހުށަހަޅާފައިވޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިގެންދާނެ އުސޫލްތަކެއް ކަނޑައެޅުމަށްޓަކައި އެޓާނީ ޖެނެރަލް، ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުމެއް ކުއްލިގޮތަކަށް އެ ކޯޓުގައި ތާވަލް ކޮށްފިއެވެ.

މި މައްސަލަ ތާވަލްކޮށްފައިވަނީ މިއަދު ހަވީރު 16:30 އަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައަށް ތަދައްޚުލް ވުމަށް ރައްޔިތުންގެ މަޖިލީހުގެ 31 މެންބަރަކު ހުށަހަޅާފައިވާއިރު، އެ ފަރާތްތަކަށް ސުޕްރީމް ކޯޓުން އަދި އެ ފުރުޞަތު ދީފައެއް ނުވެއެވެ. 

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެޓާނީ ޖެނެރަލް ވަނީ  ސުޕްރީމު ކޯޓުގައި އެދިފައެވެ.

ތިން ހާލަތެއް މެދުވެރިވެއްޖެ ނަމަ މެންބަރެއްގެ ގޮޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

އެއީ މެންބަރަކު ހޮވޭ ސިޔާސީ ފިކުރަކާ ހިލާފުވުމާއި ޕާޓީ ވަކިވުމާ އަދި އެހެން ޕާޓީއަކާ ގުޅުމެވެ. މައްސަލަ ހުށަހެޅީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއި 74 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ މާނަކޮށްދިނުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް