Advertisement
ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 14:14
ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން
ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން
ރާއްޖެއެމްވީ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
ގުޅިފައިވާ ޕާޓީތަކުން ރައްޔިތުންނާ ބައްދަލުކުރުމަށް ގއ. އާއި ގދ. އަށް ދަތުރު ފަށައިފި
ރާއްޖޭގެ ތިން ސަރަހައްދެއްގައި ޖަލްސާތައް ކުރިއަށްދާނެ
މަޖިލިސް މެމްބަރުން މިދަތުރުތަކުގައި ބައިވެރިވާނެ
މިއީ ރައްޔިތުންނާއި ބައްދަލުކުރުމަށް ކުރިއަށްގެންދާ ދަތުރުތަކެއް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިންތިޒާމްކޮށްގެން ހަރަކާތްތައް ވަރުގަދަ ކުރުމުގެ ގޮތުން ހުވަދު އަތޮޅު އުތުރުބުރީ އަދި ހުވަދު އަތޮޅު ދެކުނުބުރީގެ ރަށްތަކަށް ދަތުރު ފަށައިފިއެވެ.

 

މިދަތުރުގައި ރާއްޖޭގެ ތިން ސަރަހައްދަކަށް ދަތުރުތައް ފަށާފައިވާއިރު، އެކި އެކި ރަށްރަށުގައި ޖަލްސާތައް ބާއްވައި ރައްޔިތުންނާ ބައްދަލުކުރުމަށް ވަނީ ނިންމާފައެވެ.  

 

ގުޅިފައިވާ ޕާޓީތަކުން ބުނީ ރާއްޖޭގެ ސިޔާސީ މަސްރަޙް މިހާރު އޮތް ގޮތާއި އަދި މިމަމަހުގެ 24 ވަނަ ދުވަހަށް އެޖެންޑާކޮށްފައިވާ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ކަންތައް މިހާރު ހިނގަމުން މިދާ ގޮތް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް ކުރާ ދަތުރެކެވެ.

 

އެގޮތުން ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު އެއް ފަހަރާ ތިން ރަށެއްގައި ޖަލްސާތައް ކުރިއަށްދާނެއެވެ. އަދި އަންނަ ހަފްތާ ބަންދުގައި ޖަލްސާތައް ކުރިއަށްދާނެއެވެ.

 

ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންނާއި ގިނަ މެމްބަރުން މިދަތުރުތަކުގައި ބައިވެރިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް