ކ. މާލެ
|
29 ޖޫން 2023 | ބުރާސްފަތި 04:30
ޔޫކްރެއިނަށް އެމެރިކާއިން ދޭ އަސްކަރީ އެހީ
ޔޫކްރެއިނަށް އެމެރިކާއިން ދޭ އަސްކަރީ އެހީ
ރޮއިޓަސް
އެމެރިކާއަށް ޔޫކްރެއިނަށް އެހީވުން
އެމެރިކާއިން ޔޫކްރެއިނަށް އިތުރު 500 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދެނީ
މި އެހީ އަކީ ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށިފަހުން އެމެރިކާ އިން ދޭ މިފަދަ 41 ވަނަ އެހީ
ޒެލެންސްކީ ކުރެއްވި ޓްވީޓެއްގައި ވަނީ މި އެހީއަށް އެމެރިކާއަށް ޝުކުރު އަދާކުރައްވާފައި

އެމެރިކާ އިން ޔޫކްރެއިނަށް އަސްކަރީ ގޮތުން ދެމުންދާ އެހީތެރިކަމުގެ ތެރެއިން އިތުރު 500 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ޕެންޓަގަން އިން ހާމަކޮށްފިއެވެ.

ޕެންޓަގަން އިން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ޕެކޭޖްގެ ތެރޭގައި އެއްގަމު އުޅަނދާއި ރޮކެޓް ސިސްޓަމްތައް ހިމެނޭކަމަށެވެ. މި އެހީ އާއެކު ވައިގެ މަގުން ދިފާއުވުމުގެ ބާރު އިތުރަށް ވަރުގަދަ ވެގެންދާނެކަމަށާއި ރަޝިޔާއިން ދެމުންދާ ހަމަލާތަކަށް ރައްދުގައި ހަމަލާދިނުމުގެ ބާރު ޔޫކްރެއިނަށް އިތުރަށް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.

މިއެހީ އާއި ގުޅިގެން ޔޫކްރެއިންގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ ކުރެއްވި ޓްވީޓެއްގައި ވަނީ މި އެހީއަށް އެމެރިކާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއެހީ އާއެކު ޔޫކްރެއިނަށް އިތުރު ބާރުތަކެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މި ޕެކޭޖެއް ފަންޑުކުރަނީ ޕްރެޒިޑެންޝަން ޑްރޯވްޑައުން އޮތޯރިޓީ (ޕީޑީއޭ)ން ނެވެ. މިއީ އެމަރޖެންސީ ހާލަތްތަކުގައި ކޮންގްރެސްގެ ހުއްދައެއް ހޯދުމެއް ނެތި އެމެރިކާގެ ރައީސަށް އެމެރިކާގެ ސްޓޮކް ޓްރާންސްފަރ ކުރުމަށް ލިބިދޭ ބާރުގެ ދަށުން ދޭ އެހީއެކެވެ. މި އެހީ ދާނީ އެމެރިކާގެ އިންވެންޓްރީ ތެރެއިންނެވެ.

މި އެހީ އަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށިފަހުން އެމެރިކާ އިން ދޭ މިފަދަ 41 ވަނަ އެހީއެވެ.

- ކޮމެންޓް