ކ. މާލެ
|
28 ޖޫން 2023 | ބުދަ 14:58
މެންޗެސްޓާ ޔުނައިޓެޑުގެ ސްޓޭޑިއަމް
މެންޗެސްޓާ ޔުނައިޓެޑުގެ ސްޓޭޑިއަމް
ގެޓީ އިމޭޖަސް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑަށް ރެކޯޑް އާމްދަނީއެއް
 
630 މިލިއަން ޕައުންޑާއި 640 މިލިއަން ޕައުންޑާ ދެމެދުގެ އަދަދެއް ލިބޭނެކަމަށް ބެލެވޭ

މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ނުކުޅެވުނު ނަމަވެސް މެންޗެސްޓާ ޔުނައިޓެޑް ރެކޯޑް އާމްދަނީއަކަށް މިސްރާބު ޖެހިއްޖެއެވެ.

ޔުނައިޓެޑުން ތިން ވަނަ ކުއާޓަރުގެ ނަތީޖާ އިއުލާންކުރީ އެ ކުލަބުގެ ވެރިޔާ ގްލެޒާ އާއިލާއާ ދެކޮޅަށް އޯލްޑް ޓްރެފޯޑްގައި އަނެއްކާވެސް އަޑުގަދަކޮށް، އިހުތިޖާޖެއް ކުރިތާ ގަޑިއެއްހާއިރު ވެސް ނުވަނީހެވެ. އެ އިހުތިޖާޖަކީ 2023-24 ގެ ސީޒަނަށް ޔުނައިޓެޑްގެ ކިޓް ތައާރަފްކުރުމަށް ބޭއްވި އިވެންޓާ ދިމާކޮށް ކުރި އިހުތިޖާޖެކެވެ.

މިދިޔަ ނޮވެމްބަރު މަހު "ސްޓްރެޓެޖިކް ފައިނޭންޝަލް އޮލްޓަނޭޓިވްސް" ގެ އެސެސްމަންޓެއް ފެށުމުން ގްލޭޒާ އާއިލާއިން ވަނީ ކުލަބު ވިއްކާލަން ތައްޔާރަށް އޮތް ކަމުގެ އިޝާރާތެއް ދީފައެވެ. ހަތް މަސް ވީއިރު ވެސް ވިއްކާފައި ނުވާއިރު، ގްލޭޒާ އާއިލާގެ ބައެއް ފަރާތްތަކުން މިލްކުވެރިކަން ދަމަހައްޓަން ޝައުގުވެރިވާ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ސަބަބު ވަރަށް ފަސޭހައިން އެނގެއެވެ.

ވަރުގަދަ މެޗްޑޭ އާއި ކޮމާޝަލް ރެވެނިއު އިން ޔުނައިޓެޑުން އަހަރަކު 590 މިލިއަން ޕައުންޑާއި 610 މިލިއަން ޕައުންޑާ ދެމެދުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް 630 މިލިއަން ޕައުންޑާއި 640 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް ވަނީ ބަދަލު ވެފައެެވެ. މިގެ ކުރިން އެންމެ ރަނގަޅު ފައިދާއެއް ހޯދާފައިވަނީ 2019 ވަނަ އަހަރުއެވެ. އެއީ 627.1 މިލިއަން ޕައުންޑެވެ.

ޔުނައިޓެޑުގެ ދަރަނި ޖުމްލަ 950 މިލިއަން ޕައުންޑަށް ވުރެ ބޮޑުއިރު، އޭގެ ތެރޭގައި 160 މިލިއަން ޕައުންޑަށް ވުރެ ބޮޑު ޓްރާންސްފާ ފީ ދެއްކުން ހިމެނެއެވެ. ނަމަވެސް ފައިސާ ހޯދުމުގެ ގާބިލްކަން ހުރިކަމަށް ކުލަބުން ވަނީ ބުނެފައެވެ. ޔުނައިޓެޑުން ބުނީ ސީޒަން ޓިކެޓް ވެއިޓިން ލިސްޓު މިހާރު 146،000 އަށް އަރާފައިވާ ކަމަށެވެ.

ޗެލްސީގެ އިންގްލެންޑް އިންޓަނޭޝަނަލް މޭސަން މައުންޓު ހޯދުމަށް ކުރި މަސައްކަތަށް ހުއްޓުމެއް އައިސްފައިވީ ނަމަވެސް، ޔުނައިޓެޑުން ބުނަމުން ދަނީ ޓްރާންސްފާ މާކެޓްގައި ވާދަވެރިވާނެ ފައިސާ އެ ޓީމުގައި އެބަހުރި ކަމަށާއި އެހެން އަހަރުތަކުގައި ހަރަދުކުރުމުން ފައިނޭންޝަލް ފެއާ ޕްލޭ ގަވާއިދުގެ ދަށުން އެ ފައިސާ ލިމިޓްވާ ކަމަށެވެ.

2024-25 ވަނަ އަހަރުގެ ސީޒަނަށް ޖާޒީ ސްޕޮންސަރ ޓީމް ވިއުއަރގެ ޖާޒީ ކުރިމަތީ ސްޕޮންސަރގެ ބަދަލުގައި އެހެން ގޮތެއް ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ކުރާއިރު، ހިއްސާދާރުންނަށް ހިއްސާ ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
17%
17%
0%
17%
50%
ކޮމެންޓް