Advertisement
ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 08:03
އެމްއެމްޕީއާރުސީގެ ތެރެއިން އެކަނި 1.22 ބިލިއަން ރުފިޔާ ގެއްލިފައިވޭ
އެމްއެމްޕީއާރުސީގެ ތެރެއިން އެކަނި 1.22 ބިލިއަން ރުފިޔާ ގެއްލިފައިވޭ
އަލްޖަޒީރާ
ސަރުކާރުގެ ކޮރަޕްޝަން
ލިބިފައިވާ ހެއްކަށް ބަލާއިރު ރައީސް ޔާމީންގެ މައްޗަށް ޖިނާއީ ދައުވާ އުފުލަންޖެހޭ: ރައީސް ނަޝީދު
އެމްއެމްޕީއާރުސީގެ ތެރެއިން އެކަނި 1.22 ބިލިއަން ރުފިޔާ ގެއްލިފައިވޭ
ރައީސްގެ އެކައުންޓަށްވެސް ޚިޔާނާތުގެ ފައިސާ ޖަމާކުރި ކަމުގެ ތުހުމަތު ކޮށްފައިވޭ
އަދީބު ވިދާޅުވަނީ ލިބުނު ފައިސާ ރައީސްއާ ހަވާލުކުރިކަމަށް

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ފަރާތުން ލިބިފައިވާ އިތުރު ހެއްކާއި ސްޓީލިންގ ޕެރަޑައިސް ޑޮކިއުމެންޓްރީން ލިބިފައިވާ މައުލޫމާތައް ބަލާއިރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ޖެހޭ ކަމަށް ރާއްޖޭގެ ފުރަތަމަ ޑެމޮކްރެޓިކް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެ ބުރާސްފަތި ދުވަހު ޓްވީޓް ކުރައްވާފައި މިވަނީ އެމްއެމްޕީއާރުސީއަށް ލިބުނު ޑޮލަރު މާރު ކުރުމަށް ފަހު އޭގެ ތެރެއިން ގާތްގަނޑަކަށް 80 ޕަސެންޓް ހަވާލު ކުރީ ސީދާ ރައީސް ޔާމީންއާ ކަމަށް އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެ ބުދަ ދުވަހު ބަޔާނެއް ނެރުއްވާފައި ވަނިކޮށެވެ. އަދި ސިޔާސީ ކަންކަމަށް ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ބެއްސެވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ފައިސާ ކަމަށް އެމަނިކުފާނު އެއްބަސްވެވަޑައިގެންފައި ވަނިކޮށެވެ.

ދެ އަހަރެއްހާ ދުވަހަށް ފަހު އަންގާރަ ދުވަހުގެ ރޭ ޕީޕީއެމް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ، އެ ފައިސާ ހޯއްދެވުމުގައި ވެސް އިސްކޮށް ހަރަކާތްތެރި ވެވަޑައިގަތީ އަދީބު ކަމަށެވެ. އަދި އަދީބު ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން، ހެޔޮއެދޭ ފަރާތްތަކުން ދިން ފައިސާ އަދީބު މެދުވެރިކޮށް "ބަލަހައްޓަވަމުން" ގެންދެވި ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެމަނިކުފާނު ވަނީ އެ ފައިސާގެ ތަފްޞީލު އެމަނިކުފާނަށް އެނގިނުލައްވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖެއިން ސިޔާސީ ގުޅުން ކަނޑާލާފައިވާ ޤަތަރުގެ އަލްޖަޒީރާއިން ތައްޔާރުކުރި ސްޓީލިންގ ޕެރަޑައިސް ޑޮކިއުމެންޓްރީގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ފަސާދައާ ޖަރީމާތަކުގެ މައުލޫމާތު ގެނެސްދީފައިވާއިރު ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅަށް ކަޅު ދަބަސްތަކުގައި ފައިސާ އުފުލައި ދިން ކަމަށް ބުނާ މީހުންގެ އިންޓަވިއު ގެނެސްދީފައި ވެއެވެ.

ރާއްޖޭގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން ދައުލަތަށް 1.22 ބިލިއަން ރުފިޔާ ގެއްލިފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވާއިރު އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ދައުރުކޮށްފައިވަނީ ކުރީގެ ނައިބް ރައީސް އަދީބްއާ ގާތް ގުޅުންތަކެއް އޮތް އެސްއޯއެފް ކުންފުނި މެދުވެރިކޮށެވެ.

އެ ފައިސާގެ ތެރެއިން ބައެއް ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވިކަމަށް ބުނާ ޗެކްތަކެއްގެ ފޮޓޯތައް ވެސް ދައުރުވެފައިވާއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އޭސީސީއިން ހިންގި ތަހުގީގުގެ ރިޕޯޓް ނެރޭނެކަމަށް އެތައް ތާރީޚް ތަކެއް ދިނުމަށްފަހު އަދިވެސް އެ ރިޕޯޓް ނެރެފައެއް ނުވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
13 ޖުލައި 2017 | ބުރާސްފަތި 11:13
އަނާ
މީނަ އަމިއްލައަށް ޖަރީމާ ހިނަގާ ކަމަށް އެއްބަސް ވީމާ ވެސް ފިޔަވަޅެއް ނާޅާ، ދެރަވަރު ކަމެއް
13 ޖުލައި 2017 | ބުރާސްފަތި 10:36
ނަސީމް
ލިބިފައިވާ ހެއްކާ އަމިއްލަ އިއުތިރާފަށް ބަލާ އިރު ނަޝީދު މައްޗައް ކުރެވިފައިވާ ޓެރަރިޒަމް ގެ ދައުވާވެސް ސާބިތުވޭ. އެހެން ކަމުން ކުރިއަށް އޮތް 2018 ވަނއަހަރު ގެ ރިއާސީ އިންތިހާބުގައި ބައިވެރިމުމަށް ފުރުސަތު ނެތްކަން އިނގޭތޯ. އަމިއްލަ އިއުތިރާފް އަކީ އެންމެ ސައްހަ ހެކި. ރައީސް ޔާމިންވެސް އަދި ރައީސް ނަޝިދު ގެ ނަންވެސް 2018 ރިއާސީ އިންތިހާބުގައި އޮވެގެން ނުވާނެ ކަމށް ދެކެނީ