ކ. މާލެ
|
26 ޖޫން 2023 | ހޯމަ 09:43
ޕީއެސްޖީން ކުޅުނު މެޗުގައި އެމްބާޕޭ އަދި މެސީ
ޕީއެސްޖީން ކުޅުނު މެޗުގައި އެމްބާޕޭ އަދި މެސީ
ރޮއިޓާސް
އެމްބާޕޭ
މެސީ އެމްބާޕޭއަށް: ދާންވީ ބާސެލޯނާ އަށް
މެސީ ކުރެން އެމްބާޕޭ ވަނީ ލަފާ ހޯދާފައި

ދުނިޔޭގައި މިހާރު ހުރި އެންމެ މޮޅު އެއް ފޯވަޑް އަދި ފްރާންސާއި ޕީއެސްޖީގެ ކެޕްޓަން ކީލިއަން އެމްބާޕޭ ސްޕޭނުގައި ކުޅެން ބޭނުންވާނަމަ ދާންވީ ބާސެލޯނާ އަށް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ލަފާދީފި އެވެ.

ޕީއެސްޖީގައި މިދިޔަ ދެ އަހަރު އެކުއެކީގައި ކުޅުނު ދެ ކުޅުންތެރިންގެ ތެރެއިން މެސީ އަކީ ބާސެލޯނާގެ ލެޖެންޑެކެވެ. ޕީއެސްޖީގައި ހޭދަކުރި ދެ އަހަރު ފިޔަވައި އޭނާގެ މުޅި ކެރިއަރު އޮތީ ބާސެލޯނާ އަށެވެ. އަދި މެސީ މިފަދައިން އެމްބާޕޭއަށް ނަސޭހަތްދިނީ ބާސެލޯނާއާ އެންމެ ވާދަވެރި ސްޕޭނުގެ ރެއާލް މެޑްރިޑުން އެމްބާޕޭ ހޯދުމަށް ޝައުގުވެރިވެފައިވަނިކޮށެވެ.

މެސީ ބުނީ ސްޕޭނުގައި ކުޅުމުގެ ހިޔާލު އެމްބާޕޭ ފާޅު ކުރުމުން ބާސެލޯނާ އާއި ރެއާލް މެޑްރިޑްކުރެ ރަނގަޅީ ބާސެލޯނާ ކަމށް ބުނިން ކަމަށެވެ.

އަހަރެން ބުނިން އަހަރެންނަމަ ދާނީ ބާސެލޯނާއަށޭ. ރެއާލް މެޑްރިޑަށް (އެމްބާޕޭ) ދާން ބޭނުންނަމަ ދާންވީއޭ. ކޮންމެ ޓީމަކަށް ދިޔަ ނަމަވެސް އޭނާ އަކީ ތަށިތަކެއް ހޯދޭވަރުގެ ބޮޑު ޕްރޮޖެކްޓެއް ހައްގު ކުޅުންތެރިއެކޭ
މެސީ

ބާސެލޯނާގެ މިހާރުގެ ރައީސް ޖޯން ލަޕޯޓާ އަކީ ވެސް އެމްބާޕޭ އަށް ޝައުގުވެރިވާ މީހެކެވެ. ނަމަވެސް ބާސެލޯނާގެ ޝައުގުވެރިކަން އެމްބާޕާ އަށް ހުށަހަޅަން އޮތް ހުރަހަކީ އެކުލަބުގެ މާލީ ހާލަތު ގޯސްވުމެވެ.

މިއާ ހިލާފަށް ރެއާލް މެޑްރިޑުން ތިބީ 100 މިލިއަން ޕައުންޑް ދީގެން ވެސް އޭނާ ގަތުމަށް ތައްޔާރަށެވެ. މިކަމަށް ދެ ފަހަރު މަސައްކަތްކޮށްގެން ވެސް މިކަން ކާމިޔާބުނުވެފައިވަނީ ޕީއެސްޖީން އެމްބާޕޭ ވިއްކަން އެއްބަސްނުވާތީ އެވެ. ނަމަވެސް ދެން ކޮންޓްރެކްޓް އާނުކުރާނެ ކަމަށް އެމްބާޕޭ ބުނެފައިވުމުން ރެއާލް މެޑްރިޑް މިހާރު ތައްޔާރުވަނީ ފްރީ ޓްރާންސްފާއެއްގައި އަންނަ ސީޒަން ނިންމާފައި އެމްބާޕޭ ގެނައުމަށެވެ.

- ކޮމެންޓް