ކ. މާލެ
|
25 ޖޫން 2023 | އާދީއްތަ 18:43
މާސެލޯ ބްރޮޒޮވިޗް
މާސެލޯ ބްރޮޒޮވިޗް
ރޮއިޓާސް
މާސެލޯ ބްރޮޒޮވިޗް
ބްރޮޒޮވިޗް، އަލް ނަސްރާ ގުޅުމާ ގާތަށް
 
ބްރޮޒޮވިޗް އަލް ނަސްރާ ގުޅުމަށް ހަމަޖެހިފައިވަނި ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

އިންޓަ މިލާނަށް ކުޅެމުން އަންނަ ބްރޮޒޮވިޗް 23 މިލިއަން ޔޫރޯއަށް އަލް ނަސްރަށް ދިއުމަށް އެއްބަސްވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ރިޕޯޓުތަކުން ދައްކާ ގޮތުން 30 އަހަރުގެ މާސެލޯ ބްރޮޒޮވިޗް އަލް ނަސްރާ ގުޅުމަށް ހަމަޖެހިފައިވަނި ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މި އެއްބަސްވުމުގެ ދަށުން ކްރޮއޭޝިއާގެ ކުޅުންތެރިޔާއަށް އަހަރެއްގެ މައްޗަށް 20 މިލިއަން ޔޫރޯ ލިބޭނެއެވެ.

ބްރޮޒޮވިޗް ބަދަލުވުމާއި ބެހޭގޮތުން އިންޓަ މިލާނާއި އަލް ނަސްރާ ދެމެދު ވެވޭ އެއްބަސްވުން މި މަހުގެ 26 ވާ ހޯމަ ދުވަހު ނިމޭނެ ކަމަށް ބެލެވެއެވެ. ކުޅުންތެރިޔާގެ ޓްރާންސްފާ ފައިސާއާ މެދު ދެ ކްލަބުން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

އިންޓަ މިލާނާއެކު ބްރޮޒޮވިޗް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2026 ވަނަ އަހަރުއެވެ. މި އެއްބަސްވުމުގެ ދަށުން އޭނާ އަށް ލިބެނީ އަހަރަކު 12 މިލިއަން ޔޫރޯ އެވެ.

ބްރޮޒޮވިޗް އިންޓައާ އަލްވަދާއު ކިޔާފައިވާއިރު، އޭނާ ވަނީ 8 އަހަރު ދުވަސް އިންޓާގައި ހޭދަކޮށްފައެވެ. އެ މުއްދަތު ތެރޭގައި އޭނާ ވަނީ 330 މެޗު ކުޅެ 31 ލަނޑު ކާމިޔާބުކޮށް، އެއް ލީގު ތަށި، ދެ އިޓާލިއަން ކަޕް އަދި ދެ ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

ސައުދީގެ ކުލަބުތަކުން ދަނީ ޔޫރަޕުގެ ގިނަ ކުޅުންތެރިންތަކެއް ގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ. ބްރޮޒޮވިޗް ގެންދިޔުމަށް މަސައްކަތް ކުރާ އަލް ނަސްރަކީ ރޮނާލްޑޯ ކުޅެމުންދާ ޓީމެވެ. ޗެލްސީގެ ހަކީމް ޒިޔެކްވެސް ވަނީ އެ ޓީމާ ގުޅެން ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް