ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 01:11
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު
ގޫގުލް
ރިޔާޒް ރަޝީދު
ރިޔާޒް ރަޝީދުގެ ސުވާލެއް: 32 މިލިއަން ރުފިޔާއަށް ނުވިކޭނެ މެންބަރަކު ހުރެދާނެތޯ؟
ކޮންމެ އެއްޗަކަށް ވެސް އަގެއް އޮންނާނެ
32 މިލިއަން ރުފިޔާއަށް ނުވިކޭނެ މެންބަރެއް ހުރަދާނެތޯ؟
ފަލާހު ވަނީ އިދިކޮޅު ފަރާތްތަކުން 32 މިލިއަން ހުށަހެޅި ކަމަށް ވިދާޅުވެފައި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި 32 މިލިއަން ރުފިޔާއަށް "ނުވިކޭނެ" މެންބަރަކު ހުރެދާނެތޯ، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ސުވާލު ކުރައްވައިފި އެވެ.

ރިޔާޒް މިފަދަ ސުވާލެއް ކުރައްވާފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރުމަށް އިދިކޮޅު ފަރާތްތަކުން 32 މިލިއަން ރުފިޔާ ހުށަހަޅާފައިވާ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެފައިވަނިކޮށެވެ.

އަންގާރަ ދުވަހު ބޭއްވި ޕީޕީއެމް-އެމްޑީއޭ ޕާލިމެންޓްރީ ގްރޫޕްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ މަސީހާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ޕެޓިޝަނަކީ "ފައިސާގެ ޕެޓިޝަނެއް" ކަމަށާއި ފައިސާ ހުށަހެޅުއްވި މައްސަލަ ހުށަހަޅަންޖެހޭ ތަންތަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފަލާހު މިފަދައިން ވިދާޅުވެފައިވަނިކޮށް، ބުދަ ދުވަހުގެ ރޭ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ އެއްޗަކަށް ވެސް އަގެއް އޮންނާނެ ކަމަށެވެ. "ކޮންމެ އެއްޗަކަށް ވެސް އަގެއް އޮންނާނެ، 32 މިލިއަން ރުފިޔާއަށް ނުވިކޭނެ އެމްޕީއަކު މަޖިލީހުގައި ހުރެދާނެތޯ؟" ރިޔާޒް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

ރިޔާޒް އެ ޓްވީޓް ކުރެއްވީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާއި ބެހޭ ގާނޫނަށް 2014 ވަނަ އަހަރު ގެނައި އެއް ވަނަ އިސްލާހުގެ ސްކްރީންޝޮޓަކާއެކު އެވެ. ސްކްރީންޝޮޓުން ފެނިގެން ދަނީ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އެވެ.

އެ މާއްދާގައި ބުނެފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް މީހަކު ރިޝްވަތު ހިފައިފިކަން، ނުވަތަހިފަން އުޅެފިކަން، ނުވަތަ އެފަދަ އެއްވެސް މީހަކަށް ރިޝްވަތު ދީފިކަން ނުވަތަ ދޭން އުޅެފިކަން އެނގިއްޖެނަމަ، ނުވަތަ ރިޝްވަތު ހިފައިފިކަމަށް، ނުވަތަ ހިފަން އުޅޭކަމަށް، ނުވަތަ ދީފިކަމަށް، ނުވަތަ ދޭން އުޅޭކަމަށް ގަބޫލުކުރެވޭފަދަގަ ގޮތްތަކެއް ދިމާވެއްޖެ ހާލަތެއްގައި ކަމާބެހޭ ތަފްސީލާއި، އެ އަމަލެއް ހިންގި ނުވަތަ ހިންގަން އުޅުނު މީހާގެ ނުވަތަ މީހުންގެ މައުލުމާތާއެކު، އެންޓި ކޮރަޕްޝަނަށް ލަސްނުކޮށް އަންގަންވާނެ ކަމަށެވެ. އެގޮތުން ގަބޫލުކުރެވޭފަދަ އުޒުރެއްނެތި، އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތަކަށް ނާންގައި ހުރުމަކީ، ކުށެއް ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

ރިޔާޒް ކުރެއްވި ދެވަނަ ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ގިނަ މެންބަރުނަކީ "ވިކޭ ބައެއް" ކަމަށް ގިނަ ދިވެހިން ގަބޫލުކުރާ ކަމަށެވެ. ރިޔާޒް ވަނީ ޕީޕީއެމުން ވަކިވި މެންބަރުން ދިޔައީ "ހަމަ އެއްޗެއް ނުލިބި" ތޯ ވެސް ސުވާލު ކުރައްވާފަ އެވެ.

 

- ކޮމެންޓް
13 ޖުލައި 2017 | ބުރާސްފަތި 05:33
mAriyA
riyAzu ah ves ethikolhu dhikkollabala.v hithuga jehifa ehuree