Advertisement
ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 00:04
ރައީސް އަބްދުﷲ ޔާމީން،
ރައީސް އަބްދުﷲ ޔާމީން،
މުހައްމަދު ފަޒީން
އެފްޕީއައިޑީގެ ޚިޔާނާތް
އެފްޕީއައިޑީގެ މައްސަލަ އަލުން ބަލައި ގެއްލުނު ފައިސާ ހޯދަން މަސައްކަތް ކުރާ ކަމުގެ އިޝާރާތެއް ރައީސް ޔާމީން ކުރައްވައިފި
އެފްޕީއައިޑީގެ ކޮރަޕްޝަން ފެންމަތިވީ ރައީސް މައުމޫންގެ ވެރިކަމުގައި
އަބްދުއްސައްތާރު އަލީއާއި އިލްޔާސް އިބްރާހިމް އަށް ތުހުމަތު ކުރި
ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތް ކަމަށް ބުނެވޭ

ކުރީގެ ގައުމީ މަސް ކުންފުނި، ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕިލިމެންޓޭޝަން ޑިޕާޓްމެންޓް(އެފްޕީއައިޑީ) މެދުވެރިކޮށް ހިންގި ޚިޔާނާތުގެ މައްސަލަ އަލުން ބަލައި، ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމުގެ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން ކުރައްވައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ގެއްލުނު ފައިސާ ހޯދަން ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ އެފްޕީއައިޑީގެ ކޮރަޕްޝަނުގެ ޒަމާނުން ފެށިގެން ރާއްޖޭގައި ކޮރަޕްޝަން ފެތުރިފައިވާ ކަމަށެވެ.

"އަޅުގަނޑު މިއަދު ވެސް މީޑިއާ މެދުވެރިކޮށް ދިވެހިރައްޔިތުން ކުރެން ސުވާލުކޮށްލަން ބޭނުންވަނީ، އެފްޕީއައިޑީއިން ގެއްލުނު ފައިސާ ދިވެހި ދައުލަތަށް ވަދެއްޖެ ހެއްޔޭ،" ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ.

އެފްޕީއައިޑީގެ ޚިޔާނާތް ހިންގި ފަހުން އެތައް ސަރުކާރެއް އައިސްފައިވާކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރަނީ އެގޮތަށް ދިވެހި ދައުލަތުން ގެއްލިފައިވާ ހުރިހާ ފައިސާއެއް އަނބުރާ ހޯދުމަށް ކަމަށެވެ.

ރައީސް ޔާމީން މިފަދަ ގޮތަކަށް ވާހަކަ ދެއްކެވިއިރު، ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، އަންގާރަ ދުވަހު ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވަނީ އެފްޕީއައިޑީގެ މައްސަލަ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އަށް ގޮވާލާފަ އެވެ.

އެފްޕީއައިޑީ ކަރަޕްޝަންގެ މައްސަލަ ފެންމަތިވެފައި ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1990 ވަނަ އަހަރު އެވެ. އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީގެ ކުރީގެ ފިރިކަލުން އަބްދުއްސައްތާރު އަލީ (ސަޓޯ)ގެ މައްޗަށާއި ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބޭފުޅު އިލްޔާސް އިބްރާހީމްގެ މައްޗަށް ތުހުމަތު ކުރި އެވެ.

އެއިރު އެފްޕީއައިޑީ ހިންގަމުން އައީ އެސްޓީއޯގެ ދަށުންނެވެ. އިލްޔާސް އިބްރާހިމް އަކީ އެސްޓީއޯގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރެވެ.

އެފްޕީއައިޑީގެ މައްސަލަ އަލުން ބަލައި، ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ އިޝާރާތެއް ރައީސް ޔާމީން ކުރައްވާފައިވާއިރު، އިލްޔާސް އިބްރާހިމްއަށް ދީފައި އޮތް ފަޅުރަށެއް ދާދި ފަހުން ސަރުކާރަށް ވަނީ ނަގާފަ އެވެ.

ދެހާސްތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމ ބުރުގައި އިލްޔާސް އިބްރާހިމް ތާއީދު ކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށެވެ. އަދި އެއަށްފަހު އިލްޔާސް އިބްރާހިމް ނިކުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއެކު އެވެ.

އެފްޕީއައިޑީގެ ޚިޔާނާތް 100 މިލިއަން ޑޮލަރު ނޫނީ 1.5 ބިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ދާދިފަހުން އާންމު ކުރި އޮޑިޓް ރިޕޯޓް ބުނާ ގޮތުން އެމްއެމްޕީއާރުސީގެ ހިޔާނަތް އުޅެނީ 79 މިލިއަން ޑޮލަރު ނޫނީ 1.22 ބިލިއަން ރުފިޔާގެ ތެރޭގަ އެވެ.

މިފްކޯ އަކީ 1993ގެ އަހަރުތަކުގެ ކުރީކޮޅު، އެފްޕީއައިޑީގެ ނަން ބަދަލުކޮށް، އުފެއްދި ދަރަންޏަށް ޒިންމާވާ ވަކި ކުންފުންޏެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް
13 ޖުލައި 2017 | ބުރާސްފަތި 16:27
އަހުމަދު
ރައީސް ޔާމިން ތިވަރުންދަންޏާ 800 މިލިއަން ޑޮލަރުގެ މައްސަލަ ވެސް ބަލަން އަންގާނެ ބާވައެވެ. . އަދި ވަހީދު ސަރުކާރުން މި މައްސަލަ އޮއްބާލަށް ދިން 60 މިލިއަން ޑޮލަރު ހޯދަށް މަސައްކަތް ކުރާނެ ބާއެވެ.
13 ޖުލައި 2017 | ބުރާސްފަތި 15:17
aiyege vagu
iyyege vahkan thah naganee miashuge vahkan thakuge mahchah fas alhaa foruvantha