ކ. މާލެ
|
24 ޖޫން 2023 | ހޮނިހިރު 07:09
ޑެނީ ސެބާޔޯސް
ޑެނީ ސެބާޔޯސް
ޓްވިޓަރ
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑުން، ޑެނީ ސެބާޔޯސްގެ އެއްބަސްވުންވެސް އައުކޮށްފި
 
މި އެއްބަސްވުމުގެ މުއްދަތަކީ ހަތަރު އަހަރު

ރެއާލް މެޑްރިޑުން, ޑެނީ ސެބާޔޯސްއާއެކު އިތުރު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރެއާލް މެޑްރިޑުން ސެބާޔޯސްގެ އެއްބަސްވުން އައުކުރިކަން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ ހުކުރު ދުވަހުއެވެ. ރެއާލް މެޑްރިޑުގައި ހޭދަކުރި ހަތަރު ސީޒަނުގައި އޭނާ ވަނީ ޖުމްލަ 120 މެޗު ކުޅެދީ، 11 ތަށި ހޯދުމުގައި އެހީތެރިވެދީފައެވެ. އޭގެތެރޭގައި ދެ ޗެމްޕިއަންސް ލީގާއި، 3 ކުލަބު ވޯލްޑް ކަޕާއި، ސްޕެނިޝް ލީގާއި، ސްޕެނިޝް ކަޕް އަދި ސްޕެނިޝް ސުޕަރ ކަޕް ދެފަހަރު ކާމިޔާބުކުރުން ހިމެނެއެވެ.

ސެބާޔޯސް ވަނީ ސްޕެއިނާއެކު 13 މެޗު ކުޅެ، އެ ގައުމުގެ 19 އަހަރުން ދަށުގެ ޓީމާއި 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރަޕްގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

ރެއާލް މެޑްރިޑުން ދަނީ ކުރިޔަށް އޮތް ސީޒަނަށް ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ބެންޒެމާ، އަސެންސިއޯ، ހަޒާޑް އަދި މަރިއާނޯ ޑިއާޒް ވަނީ ދޫކޮށްލާފައެވެ. ބެލިންހަމް، ފްރޭން ގާސިއާ އަދި ހޮސޭލޫ ކުރިޔަށް އޮތް ސީޒަނުގައި ޓީމާ ގުޅޭނެއެވެ.

އައު ކުޅުންތެރިން ގެނައުމުގެ އިތުރުން، ރެއާލް މެޑްރިޑުން ދަނީ ޓީމުގައި ތިބި ގިނަ ކުޅުންތެރިންގެ އެއްބަސްވުން އައުކުރަމުންނެވެ. އެގޮތުން ނިމުނު ހަފުތާގައި އެ ޓީމުން ވަނީ، ނަޗޯއާއި ކްރޫސްގެ އެއްބަސްވުންވެސް އައުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް