ކ. މާލެ
|
24 ޖޫން 2023 | ހޮނިހިރު 07:06
ޖޯން މެކްގިން
ޖޯން މެކްގިން
ޓްވިޓަރ
އެސްޓަން ވިލާ
އެސްޓަން ވިލާގެ ކެޕްޓަން ޖޯން މެކްގިން، އެއްބަސްވުން އައުކޮށްފި
މެކްގިން ސޮއިކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

އިނގިރޭސި ޕްރިމިއަރ ލީގުގެ އެސްޓަން ވިލާގައި 2027 ވަނަ އަހަރާ ހަމައަށް މަޑުކުރަން ކެޕްޓަން ޖޯން މެކްގިން ނިންމައިފިއެވެ.

އުމުރުން 28 އަހަރުގެ ސްކޮޓްލޭންޑްގެ މިޑްފީލްޑަރު، އެސްޓަން ވިލާއާ ގުޅުނީ 2018 ވަނަ އަހަރު ހިބާނިއަނުންނެވެ. އޭނާ ވަނީ 2019 ވަނަ އަހަރުގެ ޗެމްޕިއަންޝިޕް ޕްލޭއޮފް ފައިނަލުގައި، ވިލާއަށް އަލުން ޕްރިމިއަރ ލީގަށް ކުރިއެރުން ހޯދައިދިން ދެވަނަ ލަނޑު ކާމިޔާބުކޮށް، ޕްރިމިއަރ ލީގުގައި މުހިއްމު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ.

މިދިޔަ ހޫނު މޫސުމުގައި ވިލާގެ ކެޕްޓަނަކަށް މެކްގިން ހަމަޖެއްސިއިރު، އޭނާ ވަނީ 2022-23 ވަނަ ސީޒަންގައި ހުރިހާ މުބާރާތެއް ހިމެނޭހެން، 36 މެޗު ކުޅެފައެވެ. އަދި އޭނާ ވަނީ އެސްޓަން ވިލާއަށް 184 މެޗު ކުޅެދީ، 17 ލަނޑު ޖަހާފައެވެ.

ޔޫރޮޕާ ކޮންފަރެންސް ލީގަށް ކޮލިފައިވުމަށްފަހު އެސްޓަން ވިލާއިން ދަނީ 2010-11 ވަނަ ސީޒަނަށްފަހު ޔޫރަޕްގެ ފުރަތަމަ މުބާރާތައް ތައްޔާރުވަމުންނެވެ.

- ކޮމެންޓް