Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 22:56
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން
މުހައްމަދު ޝަރުހާން
މަސީހުގެ އިތުބާރު މައްސަލަ
ޖުޑިޝަރީ ވަނީ ނީލަމަށް ލާފައި:ސައުދު
މިއަދު ގައުމު އޮތީ ބޭއިންސާފާއި ނާމާންކަން މަތީ
ފަނޑިޔާރުން ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ނިންމުމެއް ނުނިންމާނެ ކަމުގެ ޔަގީންކަން އެބައޮތް
ޕީޕީއެމްގައި މިއަދު ތިބި މެންބަރުން ތިއްބެވީ އަމިއްލަ މަންފާއަށް

މިނިވަން މުއައްސަސާތައް ބާރުގެ ދަށަށް ގެނެސް، އެންމެފަހުން ސަރުކާރުން އުޅުއްވަނީ ޖުޑިޝަރީ ނީލަމަށް ލައިގެން ޝަރުއީ ނިޒާމަށް ބާރުފޯރުވުމަށް ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.

މާފަންނު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ސައުދު ވިދާޅުވީ، މިއަދު މުޅި ގައުމު އޮތީ އަނިޔާވެރިކަމާއި ބޭއިންސާފާއި ނާންމާންކަން ވެރިވެ، އުންމީދު ގެއްލިފައި ކަމަށެވެ. މިގޮތަށް ދިމާވީ، ސަރުކާރުގެ ނާތަހުޒީބުކަމާއި ނާގާބިލު ކަމުގެ އިތުރަށް ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ މިއަދު ސަރުކާރުގެ ފަޅީގައި ތިބި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕު މެންބަރުންނަށް ބައްލަވައިފި ނަމަ، އެ ފަރާތްތަކަށް ކުއްލިގޮތަކަށް ލިބުނު މުއްސަދިކަމަށާއި ވިޔަފާރީގެ ތަނަވަސްކަން ފެނިގެންދާނެ ކަމަށެވެ. ސައުދު ވަނީ މިއަދު ސަރުކާރާއެކު ތިއްބެވީ އަމިއްލަ ބޭނުމަށް ތިއްބެވި މެންބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިނިވަން މުއައްސަސާތައް އޮތީ ނާގާބިލުވެފައި. މިއަދު ޖުޑިޝަރީ ވަނީ ނީލަމަށް ލާފަ. ރައްޔިތުންގެ ސުވާލުތައް އުފެދޭ ގޮތައް ކަންކަން ކުރެވޭނެ މަންޒަރު ދަނީ ފެންނަމުން." ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ އޭޖީ އޮފީހުން ސުޕްރީމް ކޯޓުން ހުށަހަޅާފައިވާ މައްސަލައަކީ ގާނޫނު އަސާސީއާ ފުށޫއަރާ މައްސަލައަކަށްވާ އިރު ސުޕްރީމް ކޯޓުންވެސް، ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ނިންމުމެއް ނުނިންމަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

ސައުދު ވިދާޅުވީ މިއީ ނޯތު ކޮރެއާއެއް ނޫން ކަމަށާއި ދިވެހިރާއްޖެއަކީ މި ސަރަހައްދުގައިވެސް އެންމެ ޒަމާނީ ގާނޫނު އަސާސީ އެކުލަވާލެވިފައިވާ ގައުމު ކަމަށެވެ.

އެެހެން ނަމަވެސް ގާނޫނު އަސާސީ އިތުރަށް ފުރިހަމަ ކުރުމަށް ހުރަސް އެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސައުދު ވިދާޅުވީ، ގާނޫނު އަސާސީއަށް އިތުރަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޒައާމަތު ބަދަލުކޮށްގެން ކަަމަށާއި މިއަދު މަޖިލީހުގެ ތެރެއިން ގިނަ މެންބަރުންތަކެއް އެކުވެގެން ކުމުންދަނީ މި އިސްލާހީ މަސައްކަތް ކަމަށެވެ.

ސައުދު ވިދާޅުވީ، ޕީޕީއެމްގައި ހުރެކެން ކަންކަން ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަަމަށާއި ތޮށިގަނޑު ފަޅާލާ ނުކުންނަން ޖެހުނީ އެކަންކަން ހައްލު ނުވުމުން ކަމަށެވެ. އަދި އެވަރުންވެސް ކޮރަޕްޝަނުގެ މައްސަލައޭ ކިއާ ފަހަތުން އަންނަ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ނިންމާ ނިންމުމަކުން އެމަނިކުފާނުގެ ގޮނޑި ގެއްލުމަކަށް ފަރުވާލެއް ނެތް ކަމަށާއި މާދަން ވިލިނގިލީގެ ގޮޑިއަށް ރައީސް ޔާމީން ކުރިމަތިލިއަސް އެމަނިކުފާނު ބަލިކޮށް ގޮނޑި ދިފާއު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް