Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 22:53
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސްގެ ޝަރީއަތް
ފާރިސްގެ މައްސަލަ ބައްލަވާ ގާޒީން ދެ ފަހަރެއްގެ މަތިން ބަދަލުކޮށްފި
ފުރަތަމަ މައްސަލަ ހަވާލުކުރީ ގާޒީ އާދަމް އާރިފްއާ
އެއަށްފަހު މައްސަލަ ހަވާލުކުރީ ގާޒީ އަހުމަދު ޝަކީލްއާ
މިހާރު މައްސަލަ ހަވާލުކޮށްފައިވަނީ ގާޒީ އިބްރާހިމް އަލީއާ

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލަ ބައްލަވާ ގާޒީ ދެ ފަހަރެއްގެ މަތިން ބަދަލުކޮށްފިއެވެ.

ރާއްޖެއެމްވީއަށް އިތުބާތު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ފާރިސްގެ މައްސަލަ އެންމެ ފުރަތަމަ ހަވާލުކުރީ، ކްރިމިނަލް ކޯޓް ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފްއާއެވެ. ނަމަވެސް، މައްސަލައިގެ ލިޔެކިޔުންތައް ބަދަލުކުރި ފަހުން އެ މައްސަލަ ގާޒީ އަހުމަދު ޝަކީލްއާ ހަވާލުކުރިއެވެ.

ގާޒީ އަހުމަދު ޝަކީލް ފެމިލީ ކޯޓަށް ބަދަލުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމާއެކު، ފާރިސްގެ މައްސަލަ މިހާރު ހަވާލުކޮށްފައިވަނީ ގާޒީ އިބްރާހިމް އަލީއާއެވެ.

ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޝަޙްސް އޮޅުވާލުމުގެ ދައުވާއެވެ. އެ ދައުވާ ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައެެވެ.  ދައުވާގެ ލިޔެކިޔުންތައް ބަދަލުކޮށްފައިވާއިރު، އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބުރާސްފަތި ދުވަހުގެ 11:30 އަށް ވަނި ތާވަލުކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން ފާރިސް ވިދާޅުވެފައިވަނީ، ޕީޕީއެމްގެ ދިދަ އާއި ލޯގޯ އެއްވެސް އިރެއްގައި އެޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް ބޭނުންކުރައްވާފައި ނުވާނެ ކަމަށެވެ.

މިމަހުގެ ދެ ވަނަ ދުވަހު އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ކުރިން ލިޔެކިޔުންތައް ބަަދަލުކޮށް، އިބްތިދާއީ އަޑުއެހުމެއް ބާއްވަން ޖެހެއެވެ. މައްސަލައިގެ ޝަރީއަތް ފަށާނީ އިބްތިދާއީ އަޑުއެހުމަކަށް ފަހުއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް