Advertisement
ކ. މާލެ
|
22 ޖޫން 2023 | ބުރާސްފަތި 18:48
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕްލޭނިން މިނިސްޓްރީ
މަކުނުދޫ ތަރައްގީގެ ދެ މަޝްރޫއު ހަވާލުކުރުން
މަކުނުދޫ އެއަރޕޯޓުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފި
މި މަސައްކަތް ހަވާލުކޮށްފައިވަނީ ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ
16،000،000.00 ޑޮލަރަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 366 ދުވަހުގެތެރޭގައި ނިންމާގޮތަށް
މި މަޝްރޫއުގެ ދަށުން، އެއަރޕޯޓަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކާނެ

ހދ. މަކުނުދޫ އެއާރޕޯޓުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ، ޒީނިޔާ ހަމީދެވެ. އަދި ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެކްޒެކެޓިވް އޮފިސަރު، ޝާފިން އަހުމަދެވެ.

Advertisement

16،000،000.00 ޑޮލަރަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 366 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫއުގެ ދަށުން އެއަރޕޯޓަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި 3493 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް