ކ. މާލެ
|
22 ޖޫން 2023 | ބުރާސްފަތި 13:06
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ރައީސް އޮފީސް
ސަރުކާރު އިދާރާތަކުގެ މަސައްކަތް
ސަރުކާރުގެ މުއައްސަސާތަކުގެ މަސައްކަތްތަކަށް އިދިކޮޅުން ހުރަސްއަޅަނީ
މުވައްޒަފުންނަށް ފުރައްސާރަ ކުރަމުން ގެންދާކަން ފާހަގަކުރެވޭ
ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ހުރަސްއެޅުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން
ޒިންމާ ދާރުކަމާއެކު މަސައްކަތް ކުރަންޖެހޭ

ސަރުކާރުގެ މުއައްސަސާތަކުގެ މަސައްކަތްތަކަށް ބައެއް ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ހުރަސްއަޅާ ކަމަށް ބުނެ، ސަރުކާރުން ކަންބޮޑުވުންފާޅު ކޮށްފިއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކުގެ މަސައްކަތްތަކަށް ބައެއް ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ހުރަސްއަޅާ އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފުރައްސާރަ ކުރަމުން ގެންދާކަން ފާހަގަކުރެއްވޭ ކަމަށެވެ.

ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މަސައްކަތްތަކަށް ބައެއް ސިޔާސީޕާޓީތަކުގެ ބޭފުޅުން ހުރަސްއަޅާ އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފުރައްސާރަ ކުރަމުން ގެންދާކަން އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

މިއީ ކަންބޮޑުވާކަމެއްކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ އަދި އޮފީސްތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ހުރަސްއެޅުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން އަމަލުކުރާ އުސޫލުތަކުގެ ތެރެއިން ޒިންމާ ދާރުކަމާއެކު މަސައްކަތް ކުރުމަށް ވެސް މިއުވާން އިލްތިމާސްކުރައްވާފައިވެއެވެ.

ސަރުކާރުގެ މުއައްސަސާތަކުގެ މަސައްކަތްތަކަށް ބައެއް ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ހުރަސްއަޅާ ކަމަށް ބުނެ، ސަރުކާރުން ކަންބޮޑުވުންފާޅު ކޮށްފައިވާއިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުން ދަނީ ސަރުކާރުގެ އެކި އިދާރާތަކަށް ހާޒިރުވެ، އެތަންތަނުގެ ވެރިންނާއި ބައްދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތަށް އިދާރާތަކަށް ދާއިރު، ކުރީބައިގައި ބައްދަލުކުރަން ބޭނުންވާކަން ވެސް އަންގަމުންނުދާ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން މިފަހުން ޖެންޑާ މިނިސްޓްރީ އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފީސް (އެޗްއާރްސީއެމް) އަށް ގޮސް އެ މުއައްސަސާތަކުގެ ވެރިންނާއި ބައްދަކުރެއްވުމަށް މަސައްކަތް ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް