Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 22:28
ޤާސިމް އިބްރާހިމް
ޤާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ޤާސިމް އިބްރާހިމް
ކްރިމިނަލް ކޯޓަށް ހާޒިރުވާން ޤާސިމް އިބްރާހިިމަށް އަންގައިފި
ގާސިމް ހާޒިރު ކުރަނީ ދައުވާގެ ލިޔުންތައް ފޮނުވަން
މިއީ އަލުން ޝަރީއަތްތަކުގެ ފެށުން
ވަކީލުން ވިދާޅުވެފައިވަނީ އަލުން އެ މައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގައިފިއެވެ.

ޤާސިމަށް ކޯޓަށް ހާޒިރުވުމަށް އަންގާފައި މި ވަނީ ދައުލަތުން މީގެ ކުރިން އޭނާގެ މައްޗަށް އުފުލި ތިން ދައުވާއެއް ކޯޓުން ބާތިލް ކުރުމުން، އެ ދައުވާތައް އަލުން ކުރުމާއި ގުޅިގެން ދައުވާގެ ލިޔެކިއުންތައް ހަވާލު ކުރެއްވުމަށެވެ. ގާސިމަށް ފޮނުވި ޗިޓްގައި އަންގާފައިވަނީ މާދާމާގެ ހެނދުނު 10.00 ގައި ކޯޓަށް ހާޒިރުވުމަށެވެ. 

ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއެވެ.

 މި ތިން ދައުވާ މީގެ ކުރިން އުފުލައިގެން ކުރިއަށް ދަނިކޮށް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ހިނގަމުންދަނިކޮށް މިދިޔަ ހޯމަ ދުވަހުގެ ރޭ އެ ތިން މައްސަލަ ބޭރުކޮށްލީ ޝަރީއަތުގެ އަޑުއެހުމަކަށް ދައުލަތުގެ ވަކީލް ހާޒިރު ނުވެގެންނެވެ. ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ވިދާޅުވެފައިވަނީ އެ މައްސަލާގެ އަޑުއެހުމުގެ ހުސްވަގުތުކޮޅަކަށްފަހު އަލުން ބާއްވަން އުޅުނު ޝަރީއަތުގެ އަޑުއެހުމަށް ދައުލަތުގެ ވަކީލުންނަށް ގުޅައި ތަކުރާރުކޮށް އެންގުމުންވެސް ހާޒިރުނުވި ކަމަށެވެ. އަދި ތަކުރާރުކޮށް ގުޅުމުންވެސް ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރުނުވީ އެއްވެސް ސަބަބެއް ނެތި ގަސްތުގައެވެ.

ދެވަނަ ފަހަރަށް އެ މައްސަލަ އަލުން ކޯޓަށް ހުށަހެޅީ ބުދަ ދުވަހުއެވެ. ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިސާމް ވިދާޅުވީ ޤާސިމްގެ މައްޗަށް ދައުވާކޮށްފައިވާ ތިން މައްސަލަ ވެސް ކޯޓުން ބޭރުށްލީ ޝަރީއަތް ފަސްކޮށް ދިނުމަށް އެދިފައި ވަނިކޮށް ކަމަށެވެ. އެކަން ކޯޓްގެ ރަޖިސްޓްރާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ބިސާމް ވިދާޅުވިއެވެ. ޤާސިމްގެ މައްސަލަ ކޯޓުން ބޭރުކޮށްލިއިރު އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން އޭރު އިސް ގާޒީއަކަށް ހުންނެވި ޢަބްދުލް ބާރީ ޔޫސުފް މިހާރު ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައެވެ.

ޤާސިމް އިބްރާހިމާއި އޭނާގެ ވަކީލުން ވިދާޅުވެފައިވަނީ އަލުން އެ މައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށެވެ.

މައްސަލައިގެ ލިޔެކިއުންތައް ހަވާލު ކުރުމަކީ ކްރިމިނަލް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ފެށުމެވެ. ދެން އޮންނާނީ އިބްތިދާއީ އަޑުއެހުމެވެ. އަދި އޭގެ ފަހުން އޮންނާނި މައްސަލައިގެ އަޑުއެހުންތަކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް