ކ. މާލެ
|
22 ޖޫން 2023 | ބުރާސްފަތި 10:37
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ
ގެޓީ އިމޭޖަސް
ބެޖްލިއަމް
ކެޕްޓަން ބޭންޑް ލުކާކޫ އަށް ދިނުމުން ކޯޓުއާ ހިތްހަމަނުޖެހިއްޖެ
ކޯޗުގެ ވާހަކަތައް ކޯޓުއާ ދޮގުކުރޭ

ބެލްޖިއަމްގެ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް މައްސަލާގައި ކޯޗާ މެދު ކީޕަރު ތިބައޫ ކޯޓުއާ ހިތްހަމަނުޖެހުން ފާޅުކޮށް ޓީމާ ވަކިވެއްޖެ އެވެ.

ކެޕްޓަން ކެވިން ޑެބްރޫނޭ އަށް ހާނިއްކަވެ ކުޅުވޭ ގޮތް ނުވުމުން ޔޫރޯ ކޮލިފައިންގައި މި ހަފުތާގައި ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރިއާއާ ދެކޮޅަށް ކެޕްޓަން ބޭންޑް އެޅި ރޮމެލޫ ލުކާކޫ އެވެ.

ކޯޗު ޑޮމެނިކޯ ޑެޓެސްކޯ މި ގޮތަށް ނިންމީ ކުޅުންތެރިންނާ ވެސް ވާހަކަ ދެއްކުމަށްފަހު އެވެ. އަދި އޭނާ ބުނީ ނިންމާފައި އޮތީ އަންގާރަ ދުވަހުގެ ރޭ އެސްޓޯނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކޯޓުއާ ކެޕްޓަންކަން ކުރާ ގޮތަށް ކަމަށެވެ.

އެކަމަކު (އޮސްޓްރިއާ) މެޗަށް ފަހު ކޯޓުއާ އަހަރެންނާ ވާހަކަ ދައްކަން ފެށި. އޭނާ ބުނީ ތިމަންނަށް އަށް ގަބޫލެއް ނުކުރެވެއާ ތިމަންނަ ކެޕްޓަން ބޭންޑް ނާޅަންވީ ސަބަބެއް. ކުޅުންތެރިންގެ މަޝްވަރާގެ މަތިން ނިންމާފައި އޮތް ކަމެއްގައި ކުއްލިއަކަށް އޭނާ އެހެން ބުނުމުން އަހަރެން ހައިރާންވި. އަހަރެންގެ ނަޒަރުގައި އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރު
ކޯޗު

ކޯޗު ބުނީ އޭނާއާ އެ ވާހަކަ ދެއްކުމަށްފަހު ޖެހިގެން އޮތް ރޭގެ މެޗު ނުކުޅެވޭނެ ވާހަކަ ވެސް ކޯޓުއާ ބުނި ކަމަށެވެ. އަދި އޭނާ ޓީމާ ވަކިވުމުން އެކަމާ ދެރަވާ ކަމަށެވެ.

ނަމަވެސް ކޯޗުގެ މި ވާހަކަތައް ކޯޓުއާ ދޮގުކުރެ އެވެ. ރެއާލް މެޑްރިޑްގެ ބުނީ އެސްޓޯނިއާ މެޗު ނުކުޅެން ނިންމީ ކެޕްޓަން ބޭންޑް މައްސަލައާ ހެދި ނޫން ކަމަށެވެ.

- ކޮމެންޓް