Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 22:19
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
މަސީހުގެ އިތުބާރުގެ މައްސަލަ
ވޯޓަށް ހުރަސް އެޅުމުގެ ގޮތުން މަސައްކަތް ކުރަނީ މެމްބަރުން ހައްޔަރުކުރަން: ފާރިސް
އިތުބާރު ނެތްކަމުގެ ވޯޓް ނަގަނީ ދައުލަތް ހިންގުމަށް ދަތިކުރާކަށް ނޫން
ބާރުތައް ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ގޮވާލަން
އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބްކުރާނަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ހުރަސް އެޅުމުގެ ގޮތުން މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރުކުރަން މަސައްކަތް ކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުދަ ދުވަހުގެ ރޭ މާފަންނު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހު އެޖެންޑާ ކޮށްފައިވާ މަޖިލީސް ރައީސްގެ ވޯޓަށް ބައެއް މެމްބަރުންނަށް ހާޒިރުނުވެވޭނެ ގޮތް މެދުވެރި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވަނިކޮށް ބައެއް މަޖިލީސް މެމްބަރުން ހައްޔަރުކޮށް، ބައެއް މެމްބަރުންނަން ހުކުމް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ފާރިސް ވިދާޅުވިއެވެ.

" މަޖިލީހަށް ހާޒިރުނުވެވޭނެ ގޮތެއް ހަދަން އެބަ މަސައްކަތް ކުރޭ، ބައެއް މެމްބަރުން ހައްޔަރުކޮށް ، ނުވަތަ ހުކުމް ކޮށްގެން ، ސްޕްރީމް ކޯޓުން އެފަދަ ކަމެއް ނުކުރާނެ ކަމަށް ހީކުރަން، ހުރިހާ މުއައްސަސާއަކަށް ވެސް އިނގޭނެ މި ވަގުތު ގައުމުގެ ހާލަތު " ޕީޕީއެމްގެ ފަރާތުން ވާހަކަ  ދައްކަވަމުން ފާރިސް މައުމޫން ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން މަސައްކަތްކުރަނީ ދައުލަތުގެ ހިންގުމަށް ނުވަތަ މުއައްސަސާތަކަށް ދަތިކުރުމަށް ނޫން ކަމަށެވެ. މިއަދު މުއައްސަސާތަކުގައި ތިއްބެވި ވެރިންނަން ގައުމުގެ ހާލަތު އެނގިލައްވާނެ ކަމަށާއި، އެކަން ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބްގެ ނަތީޖާއިން ފެނިގެން ހިގަންޖެކަމަށް ފާރިސް ވިދާޅުވިއެވެ.

އެހެންކަމުން ބައެއް މުއައްސަސާތަކުން މި މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ބާރުތަށް ނަހަމަ ގޮތުގައި ބޭނުންކޮށްގެން މެމްބަރުންނަން ދަތިކުރަމުންދާ ކަމަށް ފާރިސް ވިދާޅުވިއެވެ.

"ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުން އެކަން ސާފްވޭ، ރައްޔިތުން ވެސް ގަބޫލުކުރޭ މި މަސައްކަތަކީ އިސްލާހީ މަސައްކަތެއް ކަން، މިއީ ސިޔާސީ ވިސްނުން އެއްކިބާކޮށްފައި ކުރާ ގައުމީ މަސައްކަތެއް، އަޅުގަނޑު އުއްމީދު ކުރަން އެއްވެސް މުއައްސަސާއަކުން މި މަސައްކަތަށް ހުރަސް އެޅޭގޮތަށް ގާނޫނުން ބޭރުން މަސައްކަތް ނުކުރާނެ ކަމަށް" ފާރިސް ވިދާޅުވިއެވެ.

މީގެ ކުރިން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައެޅުމުން ކަންތައް ކުރީ ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވައިދާ ޚިލާފަށް ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް