Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 22:02
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު
މުހައްމަދު ޝަރުހާން
ގުޅިފައިވާ ސިޔާސީ ޕާޓީތައް
މަސީހުގެ އިތުބާރުގެ މައްސަލައިގައި ފަހުބަސް ބުނުމުގެ ބާރެއް ސުޕްރީމްކޯޓަކަށް ނޯންނާނެ: އިބޫ
ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލައިގައި ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް ފަނޑިޔާރުން ބައިވެރި ނުވުމަށް އިބޫ ގޮވާލެއްވި
މި މައްސަލައިގައި ފަހުބަސް ބުނުމުގެ ބާރެއް ސުޕްރީމްކޯޓަކަށް ނޯންނާނެ

މަސީހުގެ އިތުބާރުގެ މައްސަލައިގައި ފަހުބަސް ބުނުމުގެ ބާރެއް ސުޕްރީމް ކޯޓަކަށް ނޯންނާނެކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިބޫ ވިދާޅުވީ، ސްޕްރީމް ކޯޓަށް ލިބިގެންވާ ބާރަކީ، މެންބަރުންގެ ޝަރުތު ހަމަވޭތޯ ބެލުންކަމަށާއި، އަދި ޝަރުތު ގެއްލިއްޖެތޯ ބެލުންކަމަށެވެ. އަދި މަސީހުގެ އިތުބާރުގެ މައްސަލައިގައި ފަހުބަސް ބުނުމުގެ ބާރެއް ސުޕްރީމް ކޯޓަކަށް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

މާފަންނު ކުނޫޒްގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖޮއިންޓް ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ، ދައުލަތުގެ ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލައިގައި ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް ފަނޑިޔާރުން ބައިވެރި ނުވުމަށް  ގޮވާލާކަމަށެވެ.

އިބޫ ވިދާޅުވީ، ސުޕްރީމް ކޯޓްގެ ބެންޗްގައި ތިއްބެވީ، ވަރަށް ގާބިލް ބޭފުޅުންކަމަށާއި، އެބޭފުޅުން އެކަން ކުރައްވާނީ ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި އެކުގައިކަމާއިމެދު ޝައްކު ނުކުރައްވާކަމަށެވެ.އަދި ގާނޫނު އަސާސީގައި އެތްގޮތް ސާފުކޮށް އެނގި ތިބެމެ އެގޮތާއި ދެކޮޅަށް އެބޭފުޅުން އެއްވެސްކަމެއް ނުނިންމަވާނޭ ކަމަށް އުންމީދުކުރައްވާކަމަށެވެ.

އިބޫ ވިދާޅުވީ، މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ މައްސަލައެއްގެ ވޯޓްނަގައި ފާސްވެއްޖެނަމަ އެ މައްސަލަ ނިންމަން ސުޕްރީމް ކޯޓަށް ދާން ނުޖެހޭކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓެއް ނަގައި ފާސްވެއްޖެނަމަ، އެހިސާބުން އޭނާ އެ މަގާމުން ވަކިވީކަމަށެވެ. އެހެންކަމުން އެކަން ޔަގީންކުރުމަށް އިތުރު ފަރާތަކަށް ދާން ނުޖެހޭނޭކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މިހާރު ވެސް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އަމަލުކުރައްވަނީ ގާނޫނާ ހިލާފަށް ކަމަށާއި އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައި އޮތްވައި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބައްދަލުވުމެއްގައި އެ މަނިކުފާނަށް ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށެވެ. 

 މަޖިލީހުގެ މަސައްކަތް މެދުކަނޑާލާފައި ނުބޭއްވޭނެ ކަމަށާއި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާނުކޮށް ލަސްކުރަމުންދާތީ ކަންބޮޑުވާ ކަމަށެވެ. 

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެންމެ ލަސްވެގެން މި މަހުގެ 24 ވަނަ ދުވަހު ބާއްވަންޖެހޭނެ ކަމަށް ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އެއީ އިސްލާހީ މަސައްކަތުގެ ފުރަތަމަ މަސައްކަތް ކާމިޔާބު ވެގެންދާނެ ދުވަހެއް ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް