ކ. މާލެ
|
20 ޖޫން 2023 | އަންގާރަ 22:13
އެންޑޯނީ އިރާއޯލާ
އެންޑޯނީ އިރާއޯލާ
ސްކައި ސްޕޯޓްސް
ބޯންމައުތު
ގެރީ އޯނީލް މަގާމުން ވަކިކޮށް، ބޯންމައުތުގެ ކޯޗަކަށް އެންޑޯނީ އިރާއޯލާ ހަމަޖައްސައިފި
އަންނަ ޖުލައި މަހު ޕްރީ ސީޒަން ފެށުމުގެ ކުރިން ބޯންމައުތު ޓީމާ އޭނާ ގުޅޭނެ

ބޯންމައުތުގެ ކޯޗުކަމުން މިދިޔަ ހޯމަ ދުވަހު ވަކިކުރި ގެރީ އޯނީލްގެ ބަދަލުގައި އެ ޓީމުގެ ކޯޗަކަށް އެންޑޯނީ އިރާއޯލާ ހަމަޖައްސައިފިއެވެ.

ސްޕެނިޝް ލީގުގެ ރަޔޯ ވަޔެކާނޯގައި ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން ސްޕެއިންގެ އިރާއޯލާ، ބޯންމައުތާއެކު ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގައެވެ.

އޮނީލް މަގާމުން ވަކިކުރީ އެ ކްލަބުގެ ދާއިމީ ކޯޗުގެ މަގާމަށް ހަމަޖެއްސުމަށްފަހު ޕްރިމިއަރ ލީގުން ޖާގަހޯދުމަށް އެހީތެރިވެދިންތާ ހަތް މަސް ފަހުންނެވެ.

ރާޔޯ ވަޔެކާނޯގައި ތިން އަހަރު ހޭދަކުރި އިރާއޯލާ ވަނީ މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގެ 11 ވަނައަށް އެ ޓީމު ގެންގޮސްދީފައެވެ. އޭނާގެ ފުރަތަމަ ސީޒަނުގައި އެ ޓީމު ވަނީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައެވެ. އަދި 21/22 ވަނަ ސީޒަނުގައި އޭނާ ވަނީ ޓީމު ގޮވައިގެން ސްޕެނިޝް ކަޕުގެ ފައިނަލާ ހަމައަށް ގޮސްފައެވެ.

އަންނަ ޖުލައި މަހު ޕްރީ ސީޒަން ފެށުމުގެ ކުރިން ބޯންމައުތު ޓީމާ އިރާއޯލާ ގުޅޭނެއެވެ.

- ކޮމެންޓް