Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 21:59
ތުލުސްދޫ ދައިރާގެ މެންބަރު މުޙައްމަދު ވަހީދު އިބްރާހިމް
ތުލުސްދޫ ދައިރާގެ މެންބަރު މުޙައްމަދު ވަހީދު އިބްރާހިމް
މުހައްމަދު ޝަރުހާން
އިދިކޮޅު ހަރަކާތް
ފަނޑިޔާރުން ދިފާޢު ކުރުމުގެ ބާރުު އޮތީ ރައްޔިތުންގެ މަޖިލީހަށް: ވައްޑެ
ރައީސް ޔާމީން ފެކްޝަނުން މަސައްކަތް ކުރަނީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް
ފަނޑިޔާރުން ދިފާއު ކުރުމުގެ ބާރު އޮތީ މަޖިލީހަށް
ސުޕްރީމް ކޯޓުން ގާނޫނާ ހިލާފު ނުވާނެ ކަމަށް ޔަގީން ކުރަން

ސުޕްރީމް ކޯޓާއި އެހެން ކޯޓުތަކުގެ ފަނޑިޔާރުންގެ މަޤާމު ދިފާއު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި ފަނޑިޔާރުން ގާނޫނު އަސާސީއާ ޚިލާފު ނުވާނެ ކަމަށް ޔަގީން ކުރައްވާ ކަަމަށް ތުލުސްދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް މުޙައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަަވަމުން، ވައްޑެ ވިދާޅުވީ، ހަތަރު ލީޑަރުން އިސްވެ ގައުމު އިސްލާހު ކުރުމަށް ފެށި މަސައްކަތުގައި މަޖިލީހުގެ ގިނަ މެންބަރުންތަކެއް ބައިވެރިވުމަކީ އުފާ ކުރައްވާކަމެއް ކަމަށެވެ.

މަޖިލީހުގެ މެންބަރުން ވަކިވާނެ ގޮތްތައް ހިމެނޭ ގޮތަށް ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލައަކީ ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކުރައްވާ މަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިއީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް ހުށަހަޅާފައިވާ  މައްސަލައެއް ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ބަސް ބުނުމަށް ތިބޭ ބައެއް ކަމަށާއި އެކަން އެއްވެސް ފަރާތަކަށް ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި މި މައްސަލައިގައި ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް ނިންމުމެއް ނިންމާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް އެނާ ވިދާޅުވިއެވެ.

މިއަދު މަޖިލީހުގެ އަހުލަބިއްޔަތު އޮތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ކަމަށްވާ އިރު ގައުމު އިސްލާހު ކުރުމަށް މުހިއްމު ގިނަ މަސައްކަތެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަދަ މައްސަލައެއް ބަންޑާރަ ނައިބު ހުށައެޅުވުމަށްފަހު އަމަލުކުރައްވަމުންގެންދަވާގޮތް. ގާނޫނު އަސާސީގައި ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ސިޔާސީ ޕާޓީއަށް ދިއުމުގެ އިހްތިޔާރު ލިބިގެންވާކަން ވަނީ ބަޔާންކޮށްފަ. މިއަދު ޕީޕީއެމްގެ ތެރެއިން 10 މެންބަރުން ޕާޓީން ވަކިވާން އެދުމުން އެއޮތީ ޕާޓީން ވަކިވެފައި. އޭގައި އިތުރު ގޮތެއް ނިންމޭނެ ގޮތެއް ނޯންނާނެ" ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ، ޕީޕީއެމްގެ މުސްތަޝާރު ފެކްޝަނުން އަދިވެސް އިތުރަށް މަސައްކަތް ކުރަނީ ގާނޫނީ ހަމަތަކުގެ ބޭރުން މަސައްކަތް ކުރުމަށް ކަމަށާއި އެގޮތުން މުސްތަޝާރުގެ ގޮތުގައި ރައީސް ޔާމީން ހުންނަވާ މިކަން ކަން ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން ޕީޕީއެމަށް ނިސްބަތްވާ 10 މެންބަރުން ޕާޓީން ވަކިވާން އެދުންމުން އެކަންވެސް ސުލޫކީ މައްސަލައެއްގެ ގޮތުގައި ރިވިއު ކުުރުމަށް ނިންމި ނިންމުން އޭނާ ފާހަގަކުރެއްވިއެވެ.

މި ހުރިހާ މަސައްކަތަކީ ގާނޫނު އަސާސީ ފުނޑުފުނޑުކޮށް ބާރު ކަނޑުވާލުމަށް ކުރަމުންދާ މަސައްކަތުގެ ގޮތުގައި ވައްޑެ ވަނީ ސިފަ ކުރައްވާފައެވެެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް