ކ. މާލެ
|
20 ޖޫން 2023 | އަންގާރަ 07:54
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މަންތިރި ޓީމުގެ އައިމިނަތު ޒަމީލާ
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މަންތިރި ޓީމުގެ އައިމިނަތު ޒަމީލާ
އެފްޑީއެސް
އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލް 2023
އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލް2023: އިންފިނިޓީ ބަލިކޮށް މަންތިރި އަށް ރަނގަޅު ފެށުމެއް
ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި މަންތިރިން ވަނީ ސީދާ ތިން ސެޓުން އިންފިނިޓީގެ މައްޗަށް ކުރި ހޯދައިފަ

ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) އިން އިންތިޒާމުކޮށްގެން ބާއްވާ އަންހެން ވޮލީ ބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އިންފިނީޓީ ބަލިކޮށް މަންތިރި އިން ރަނގަޅު ފެށުމެއް ހޯދައިފި އެވެ.

ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި މަންތިރިން ވަނީ ސީދާ ތިން ސެޓުން އިންފިނިޓީގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ދެ ސެޓު މަންތިރިން ކާމިޔާބުކޮށްފައި ވަނީ ބޮޑު ލީޑަކުންނެވެ. އެއީ ފުރަތަމަ ސެޓު 25-15 އަދި ދެ ވަނަ ސެޓު 25-16 އިންނެވެ. ތިން ވަނަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނުނު ނަމަވެސް، މަންތިރިން ވަނީ ފަސް ޕޮއިންޓުގެ ލީޑަކުން ތިން ވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ. އެއީ 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މަންތިރީގެ އައިމިނަތު ޒަމީލާ އެވެ.

ޖުމުލަ ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގައި އަންގާރަ ދުވަހު ބައްދަލުކުރާނީ ގާފިލާ އަދި ހަވަރު އެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރުމަށް ފަހު، ފައިނަލްގެ ޖާގަތައް ލިބޭނީ އެއް ވަނަ ޓީމާއި، ދެ ވަނަ ޓީމަށެވެ. މުބާރާތް ކުރިއަށް ގެންދިޔުމުގައި ފީއަލީ ކައުންސިލާއި، ޕޮލިސް ޑެސްކުގެ ފަރާތުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް އެފްޑީއެސް އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މިއީ އެފްޑީއެސް އިން އެ ޖަމިއްޔާގެ އަންހެން މެމްބަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުބާރާތެވެ. މިއަހަރުގެ ޢަޟްޙާ އީދާ ދިމާކޮށް، ފިރިހެން ވޮލީ މުބާރާތެއް ބޭއްވުމަށް ވެސް އެ ޖަމިއްޔާ އިން އަންނަނީ ތައްޔާރުވަމުންނެވެ.

- ކޮމެންޓް