Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 20:34
ބަންޑާރަ ނައިބު މުހައްމަދު އަނިލް
ބަންޑާރަ ނައިބު މުހައްމަދު އަނިލް
ގޫގުލް
ބަންޑާރަ ނައިބުގެ މައްސަލަ
ބަންޑާރަ ނައިބުގެ މަގާމުގެ ސައްޚަކަން ކަށަވަރުކުރުމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
މި މައްސަލަ ހުށަހަޅާފައިވަނީ ޕްރިމިއަރ ޗެމްބާސް އިން
އެކްސްޕާޓޭކޮށް ހުށަހެޅި މަޖިލީހުގެ މެންބަރުނާ ގުޅޭ މައްސަލައަކީ ސީޣާ ސާފުކޮށް އެނގެން އޮތް މައްސަލައެއް
ބަންޑާރަ ނައިބު މަޖިލީހުގެ މެންބަރުންނާ ގުޅޭ ގޮތުން މައްސަލައެއް ސުޕްރީމް ކޯޓަށް ވައްދާފައިވަނީ މިދިޔަ ހޯމަ ދުވަހު

ބަންޑާރަ ނައިބުގެ މަޤާމުގެ ސައްހަކަމާ މެދު ގޮތެއް ކަނޑައެޅުމަށް ޕްރިމިއަރ ޗެމްބާސް އިން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ޕްރިމިއަރ ޗެމްބާސް އަކީ އަލްއުސްތާޛް މައުމޫން ހަމީދު ނިސްބަތްވެވަޑައިގަންނަވާ ލޯފާމެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ބަންޑާރަ ނައިބު ހުށަހެޅުއްވި މަޖިލީސް މެންބަރުންނާ ގުޅޭ މައްސަލައިގައި ދައުވާ ލިބޭ ވަކި ހަސްމެއް ނެތި "އެކްސްޕާޓޭ" ކޮށް ހުށަހެޅި މައްސަލައެއް ކަމަށް ސިފަކޮށްފައި ވީނަމަވެސް އެ މައްސަލައަކީ ދައުލަތުގެ އެއް ބާރުު ކަމުގައިވާ ރައްޔިތުންގެ މަޖިލީހާއި ދެކޮޅަށް ހުށަހަޅުއްވާފައިވާ ދައުވާއެއްކަން ދައުވާގެ ސިޣާއައި މައުޟޫއިން ސާފުކޮށް އެނގެން އޮތް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައަކީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ކަމުގައި  ވާއިރު ބަންޑާރަ ނައިބު މި މައްސަލަ ހުށަހެޅުމަކީ ދައުލަތުގެ އެއްބާރު އަނެއް ބާރުގެ މައްޗަށް ޣައިރު ދުސްތޫރީ ގޮތަކަށް ބާރު ހިންގުމުގެ އަމަލެއް ކަމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރަށް ދައުލަތުގެ ގާނޫނު ހަދާ ބާރުގެ ބަސް ދައުވާ ތަމްސީލުކުރުމަށް ހަވާލުވެފައިވާ ފަރާތްކަމުގައިވާ ބަންޑާރަ ނައިބު އިއްވާފައި ނުވުމަކީ ގާނޫނާ ޚިލާފަށް ބަންޑާރަ ނައިބު ކުރައްވާފައިވާ ކަމެއްކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އިތުރަށް ބަޔާންކޮށްފައިވަނީ، ދައުލަތުގެ އެއްބާރުގެ ހައްގުތަކާއި ބާރުތަކާމެދު ޝަރީއަތުން ގޮތެއް ކަނޑައަޅާއިރު އެ ބާރު ތަމްސީލުކުރާ ފަރާތްތަތަކަށް އެ ބާރުގެ ބަސް ޝަރީއަތުގެ މަޖިލީހުގައި އިއްްވުމަކީ އެފަރާތައްވެސް ލިބިގެންވާނެ ހައްގެއް ކަމަށެވެ.

ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލަ ބައްޓަންކުރައްވާފައިވަނީ، ދައުލަތުގެ އެއް ބާރުގެ ހައްގުތަކާއި ބާރުތަކާއި މެދު ޝަރީއަތުން ގޮތެއް ކަނޑައަޅާއިރު، އެ ބާރުގެ ތަފްސީލުކުރާ ފަރާތްތަކަށް އެ ބާރުގެ ބަސް، ޝަރީއަތުގެ މަޖިލީހުގައި އިއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހައްގު ގެއްލިގެންދާނެ ގޮތައް ކަމުގައިވީ ހިނދު މިއީ ހުށަހަޅާ ފަރާތުގެ ހެޔޮ ނިޔަތް ނަފީކުރުމުގެ އިތުރަށް ނުރަނގަޅު ނިޔަތެއްގައި ކޮށްފައިވާ ކަމެއް ކަމަށް ދޭހަވާކަމަށް ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ކަނޑައަޅާފައިވަނިކޮށް އެކޯޓުގެ ނިންމުމަކާ ޚިލާފުވެފައިވާކަމަށް ވިދާޅުވެ، ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ ކިބައިގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތްކުރުމުގައި ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ކަނޑައަޅުއްވާފައިވާ ކަަމަށް ވަނީ ބަޔާންކޮށްފައެވެ. އަދ މިގޮތަށް އަމަލުކުރުމަކީ ބަންޑާރަ ނައިބުގެ ގާނޫނީ ހައިސިއްޔަތު ގެއްލޭ ކަމެއް ކަމަށްވެސް މި މައްސަލައިގައި ފާހަަގަކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީއަކުން އިންތިޚާބް ވުމަށްފަހު އެ ޕާޓީން ވަކިވުމާއި، ޕާޓީ ބަދަލަކުރުމާއި އަދި ޕާޓީން ވަކިކުރާ ހާލަތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެކަމަށް ކަނޑައަޅައި ދިނުމަށް އެދި ބަންޑާރަނައިބު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ  މިދިޔަ ހޯމަ ދުވަހުއެވެ.

މައްސަލަ ހުށަހަޅުއްވައި، ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ޕާޓީއަކަށް ތާއީދުކޮށް، އެ ފިކުރު ޕްރޮމޯޓްކުރާނެ ކަމުގެ ޔަގީންކަން ދީގެން އެ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކޮށް، އެ ސިޔާސީ ފިކުރު ރައްޔިތުންނަށް ވިއްކައިގެން، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރެއްގެ ގޮތުގައި އިންތިޚާބުވުމަށް ފަހު އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން ނުވަތަ ފްލޯ ކްރޮސް ކުރުމަކީ އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ސިޔާސީ ފިކުރާއި ޚިލާފުވެ އެ ރައްޔިތުންނާއި ޕާޓީއަށް އޮޅުވާލުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް