ކ. މާލެ
|
12 ޖުލައި 2017 | ބުދަ 17:55
ރައީސް މައުމޫން ފެކްޝަނަން ތާއިދުކުރާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރު
ރައީސް މައުމޫން ފެކްޝަނަން ތާއިދުކުރާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރު
ރާއްޖެ އެމްވީ
ޕީޕީއެމްގެ މައްސަލަ
ވައްޑެ އާއި ސައުދުވެސް ޕާޓީން ވަކިކޮށްދިނުމަށް އެދުމުން ވަތްކެއް ނުކުރި
ޕީޕީއެމް އިން ވަކިވާން އެދުނު މެމްބަރުން ވަކި ކުރުމަށް ޕީޕީއެމް ދެކޮޅު
ސުޕްރީމް ކޯޓުގެ ހުކުމަށްފަހު، އެމެމްބަރުންނާމެދު ޕީޕީއެމްއިން އަމަލުކުރާނެ ގޮތާމެދު ވަނީ ސުވާލު އުފެދިފަ
ޕީޕީއެމުން މަސައްކަތް ކުރަމުންދަނީ ވަކިވާން އެދުނު މެމްބަރުންގެ ގޮނޑި ގެއްލުވާލުމަށް ކަމަށް އަޑުތައް ދަނީ ފެތުރެމުން

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން ވަކިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި ، ވިލިގިނލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަމިއްލަފުޅަށް އެދިވަޑައިގަތުމުންވެސް ޕާޓީން ވަކިނުކުރާކަން އަންގައިފިއެވެ.

ބުދަ ދުވަހު ޕީޕީއެމުން ވައްޑޭއާއި ސައުދަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ޕާޓީން ވަކިކުރުމަށްޓަކައި އެ ޕާޓީގެ ސުލޫކީ ކޮމެޓީއިން އަޅާފައިވާ ފިޔަވަޅު، އިތުރަށް ދިރާސާކޮށް އިންސާފު ކަށަވަރުކުރުމަށްޓަކައި، އެޕާޓީގެ އިސްތިއުނާފް ކޮމެޓީއަށް އަލުން އެ މައްސަލަ ހުށައަޅާފައިވާ ކަމަށެވެ. ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް ޕީޕީއެމްއިން ވަކިވުމަށް އެދިވަޑައިގެން ޕާޓީއަށް ސިޓީ ފޮނުއްވުމުން، މުސްޠަފާ އާއި ގުޅޭ ސުލޫކީ މައްސަލައެއް ބަލަމުންދާތީ ޕީޕީއެމުން ވަކިވުމަށް މުސްތަފާ ފޮނުއްވާފައިވާ ސިޓީއަށް މައްސަލަ ބަލައި ނިމުމުން ޖަވާބެއް ދޭނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. 

މިކަމާއި ގުޅިގެން މުސްޠަފަ ވަނީ ކަނބޮޑުވުން ފާލުކުރައްވާފައެވެ. 

ޕީޕީއެމުން މުސްތަފާއަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ  މުސްތަފާއާއި ގުޅޭގޮތުން މި ޖުލައި މަހުގެ ތިން ވަނަ ދުވަހު އެޕާޓިގެ ސުލޫކީ ކޮމެޓީއަށް މައްސަލައެއް ހުށަހެޅިފައިވާތީ، ސުލޫކީ ކޮމެޓީން އެ މައްސަލަ ބައްލަވާ ނިންމެވުމުން، މި މަހުގެ 10 ވަނަ ދުވަހު ޕީޕީއެމުން ވަކިވުމަށް މުސްތަފާ ފޮނުއްވި ސިޓީގެ ޖަވާބު ދެއްވާނެ ކަމަށެވެ.

މުސްތަފާ ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގައި މަސައްކަތްކޮށްފައިވަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށްނުވާތީ، އަދި ސަރުކާރުން ބޭނުންވާކަމެއް ބޭނުންވާހާ ގޮތަކަށް މަޖިލީހުން ކަންކަން ކޮށްދެއްމުން ދިއުމާ ދެކޮޅަށް އޭނާ މަސައްކަތް ކުރިނަމަވެސް ޕީޕީއެމް އޭނާ ވަކިކޮށްފައިނުވާތީ، އޭނާ އަމިއްލައަށް ޕީޕީއެމުން ވަކިވުމަށް އެދުމުން ސުލޫކީ މައްސަލައެއް އެބައޮތޭ ބުނެ ޕާޓީން ވަކި ނުކޮށްދިނުމަކީ ގާބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޕީޕީއެމް މަސައްކަތް ކުރަމުންދަނީ ދާދިފަހުން ޕީޕީއެމްއިން ވަކިވުމަށް އެދިފައިވާ މެމްބަރުން ވަކިކުރުމުގެ ބަދަލުގައި އެމެމްބަރުންގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ކަމަށްބުނެ، ޕާޓީން ވަކިކުރުމަށް ދެކޮޅު ހަދަމުންނެވެ. އަދި ޕާޓީން ވަކިވުން ނުވަތަ ޕާޓީން ވަކިކުރާ މެމްބަރުން މަޖިލިސް ތަފްސީލުކުރާ ގޮނޑި ގެއްލޭގޮތަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަށް ވަކި ގޮތެއް ކަނޑައަޅަން ދެން އެމެމްބަރުން ޕާޓީގެ މެމްބަރުންގެ ގޮތުގައި ބޭތިއްބުމަށްފަހު، ފަހުގެ ތާރީހެއްގައި ޕާޓީން އެމެމްބަރުން ވަކިކުރުމަށެވެ. އޭރުން އެމެމްބަރުން ތަމްސީލު ކުރައްވާ މަޖިލިސް ގޮނޑި ގެއްލޭގޮތަށް ކަންކަން ކުރުމަށް ޕީޕީއެމް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ދަނީ ފެތުރެމުންނެވެ.

- ކޮމެންޓް