Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 17:16
ކިނބިދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ރިޔާޒް: ރައީސް ޔާމީން ޖަވާބުދާރީ ކުރުވާނަން
ކިނބިދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ރިޔާޒް: ރައީސް ޔާމީން ޖަވާބުދާރީ ކުރުވާނަން
ރާއްޖެއެމްވީ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
މަޖިލީހުގެ މެޖޯރިޓީ ނެގުމަށްފަހު ރައީސް ޔާމީންގެ މައްސަލަތައް ތަހުގީގް ކުރާނަން: ޢަބްދުﷲ ރިޔާޒް
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މަޖިލީހުން ޖަވާބުދާރީ ކުރުވިޔަ ނުދޭން

މަޖިލީހުގެ މެޖޯރިޓީ ނެގުމަށްފަހު ރައީސް އަބްދުﷲ ޔާމީންގެ މައްސަލަތައް ތަހުގީގް ކުރައްވާނެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެވެ.

ރިޔާޒް މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒްގައި ބޭއްވި މި ޕްރެސް ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަންވެސް ކުރައްވާ ޢަބްދުﷲ ރިޔާޒް ވިދާޅުވީ ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމަނިކުފާނު ޒިންމާދާރު ކުރުވިޔަ ނުދިނުމަށް ކަމަށެވެ.

އިސްލާހީ މަސައްކަތުގައި އުޅުއްވަން ފެއްޓެވުމާއެކު ގިނަގިނައިން ފުލުސް އޮފީހަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ރިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތައް ކަނޑައެޅުމަށް ދައުލަތުގެ ބަންޑާރަ ނައިބު މެދުވެރިކޮށް ސުޕްރީމް ކޯޓަށްވެސް މައްސަލައެއް ހުށަހަޅުއްވައިގެން އުޅުއްވަނީ އެހެންވެގެން ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ ރައީސް ޔާމީން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ދައުލަތުގެ ފައިސާއާ ބެހޭގޮތުން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ ރިޔާޒް ވިދާޅުވީ އެވާހަކަތަކަށް އެކަނި ބަލާލިކަމުގައިވިއަސް މަޖިލީހުން ވަރަށް ބޮޑެތި ތަހުގީގް ތަކެއް ހިންގަން ޖެހޭ ކަމަށެވެ.

"ސުޕްރީމް ކޯޓަށްވެސް ވައްދައިގެން މިއުޅޭ މައްސަލައަކީ ހަޤީގަތުގައި މަޖިލިސް ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވިޔަ ނުދިނުން. އެމަނިކުފާނު ރޭގަ (އަންގާރަ ދުވަހު) ދެއްކެވި ވާހަކަތަކަށް އެކަނި ބައްލަވާލެއްވިއަސް މަޖިލީހުގެ ތެރެއިން ވަރަށް ބޮޑެތި ތަހުގީގް ތަކެއް ހިންގަން ޖެހޭ ވާހަކަތަކެއް ވިދާޅުވެއްޖެ. ރައްޔިތުންގެ ވަރަށް ބޮޑު އަދަދެއްގެ ފައިސާތަކަށް ވީގޮތެއް ނޭނގިގެން މިއުޅެނީ.އެއީ ދައުލަތުގެ ފައިސާ. ރައްޔިތުންގެ ފައިސާ. މީހަކަށް އެ އެއްޗިއްސެއް ނަގައިގެން ނުގެންދެވޭނެ. ފައިސާއެއް ނޫން ބުނަން ޖެހޭނީ ފައިސާގެ މުއާމަލާތް ހިންގި މީހުން ބުނަން ޖެހޭނީ. އެކަން އަޅުގަނޑުމެން މަޖިލީހުގެ މަސައްކަތް ފެށިގެން ދިޔައީމަ ސުވާލުތައް ކުރެވޭނެ. ޖަވާބުދާރީ ކުރުވާނަން. އެމަސައްކަތް އަޅުގަނޑުމެން މިކުރަނީ"ރިޔާޒް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވިސްނުންފުޅު ހުންނަނީ މީހުންނަށް ބިރު ދައްކައިގެން ވެރިކަން ކުރުމަށް ކަމަށާއި މިހާތަނަށް އެމަނިކުފާނުގެ އެޖެންޑާ ކުރިއަށް ގެންދެވި ހުރިހާ ބޭފުޅުންނަށް ވަނީ އަނިޔާވެރިވެފައި ކަމަށް ރިޔާޒް ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް
14 ޖުލައި 2017 | ހުކުރު 15:00
ރާ އަލިފް
ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް އަބްދުﷲ ރިޔާޒް އަކީ ޤާނޫނު ތަންފީޒު ކުރުމުގެ ދާއިރާގައި ވިހި އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މިއަދު ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރެވެ. މިއަދު ތަފާތު ޕޯޑިއަމްތަކުގައި ސިޔާސީ ވާހަކަދައްކަވަމުން ރިޔާޒް ވަޑައިގަންނަވާއިރު އެއީ ތެދު އަލިފެއް ކަމަށް ރިޔާޒް ހީފުޅުކުރައްވަނީ ކަމަށް ވެދާނެއެވެ. ނަމަވެސް ރިޔާޒްގެ ހަޤީޤަތެއް ވެސް އެނގޭނީ ބަލާލުމުންނެވެ. މީހުން ދައްކާ ވާހަަތަކަށް ބަލާއިރު ގުދޯގުދޯ ގޮވާ ވަރަށް ވުރެ ރިޔާޒްގެ ހާލަތު ގޯހެވެ. އެހެން ފަރާތްތަކުގެ މައްސަލަތައް ބެލުމަށް ރިޔާޒް ގޮވާލާއިރު ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަޙްޤީޤުތަކެއް ކުރެވި ޖަވާބު ދާރީވާން ޖެހޭ ދުވަހެއް ވެސް އަދި އައުން އެއީ ވަރަށް ގާތުގައި އޮތް ކަމެކެވެ. އެންމެންގެ މައްޗަށް ޤާނޫނު ހަމަހަމަކާއި އެކު ހިންގޭއިރު ރިޔާޒްގެ އެއިން އިސްތިސްނާ ވެދާނެ ކަމަށް އުންމީދު ކޮށްގެން ނުވާނެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރިޔާޒް ފުލުހުންގެ ވަޒީފާ އިން ވަކިކުރީ ޗެކް ބައުންސް މައްސަލައެއްގައެވެ. އެމައްސަލަ "ކަފުންކޮށް" އޭގެ ފަހުން ދެން ވީކަމެއްވެ ވެރިކަން ފުރޮޅާލިއިރު ވެސް އިސްކޮށް ހުރިތަން ފެނުނީ ރިޔާޒްއެވެ. ޗެކް ބައުންސްވި މައްސަލަ ނުނިމި އޮއްވާ ރައީސް ވަހީދު ރިޔާޒަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ދެއްވާ ކުއްލިއަކަށް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ދެއްވުމަކީ ވެސް މިހާތަނަށް އަމަލު ކުރަމުން އައި އުސޫލަށް ބަލާއިރު ދިވެހި ފުލުހުންގެ ތެރޭގައި ކީއްކުރަންތޯ ދުނިޔޭގެ އެއްވެސް ތަނެއްގައި ކުރި ކަމެއް ހެނެއް ހިޔެއް ނުވެއެވެ. ޖިނާޢީ ތުހުމަތެއް ކުރެވި ބޮޑު ޖިނާޢީ ކުށެއްގައި ކުށްވެރި ވުމުގެ ފުރުސަތު އޮތް ބޭފުޅަކު ޕޮލިސް ކޮމިޝަނަރުކަމަށް ގެނައުމަކީ އޭރު ރައީސް ވަހީދު ވެސް ހެއްދެވި ގޯހެކެވެ. ކައްޗަށް އެޅި ބިންގަލެއް ކެއްޗާއި ހަމައަށް ދިޔަަސް ހުންނާނީ ކައްޗަށް ކަމަށް ބުނާ އުސޫލުން ރިޔާޒްގެ ޕޮލިސް ކޮމިޝަނަރު ކަމުގެ ވަޒީފާގެ ޒިންމާތައް ވެސް އޮތީ "ކައްޗަށެވެ." ރިޔާޒް ވަރަށް ފަހުރުވެރިވެފައި، ވަރަށް މޮޅަށް ކުރެވުނު ތަޙްޤީއެއް ކަމަށް ބުނާ އެއް ތަޙްޤީޤަކީ ޑރ.އަފްރާޝީމް އަލީގެ މަރުގެ ތަޙްޤީޤެވެ. ނަމަވެސް ހަޤީޤަތަކީ ފުރަތަމަ ޑރ.އަފްރާޝީމް އަވަހާރަ ކޮށްލެވުމަކީ ވެސް ރިޔާޒްގެ ފޭލިއާއެކެވެ. ޑރ.އަފްރާޝީމް ފަދަ ހައިޕްރޮފައިލް، ތުރެޓް ބޮޑު ބޭފުޅަކަށް އެކަށީގެންވާ ރައްކާތެރިކަމެއް ނުދެވުމަކީ ޕޮލިސް ކޮމިޝަނަރުގެ ފޭލިއާއެކެވެ. ފުލުހުންގެ އިންޓެލިޖެންސަށް ނޭންގި ނުވަަތަ މައުލޫމާތެއް ނުލިބި އެފަދަ ބޮޑު ޖަރީމާއެއް ރާވާ، އެޖަރީމާ ހިންގޭނީ ފުލުހުންގެ އިންޓެލިޖެންސްގެ ކަންކަން ރޭވުމުގައި ފުލުހުންގެ ކޮމިޝަނަރު ފެއިލް ވުމުންނެވެ. ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގައި ޝަރީޢަތަށް ކުށް ސާބިތު ކުރެވުނީ އެންމެ މީހެއްގެ މައްޗަށެވެ. ނަމަވެސް ހުދު ރިޔާޒް ވެސް ވަނީ އެއީ ހުސެއިން ހުމާމް އެކަނި ކުރި ކަމެއް ނޫން ކަމަށް އިޢުތިރާފް ވެފައެވެ. އެހެންކަމަށް ވާއިރު ދެން ތިބި ގާތިލުންނާއި އެގަތުލު ހިންގުމުގެ ހަޤީޤީ މޭސްތިރިންނާއި އެގަތުލުގެ މޯޓިވް ނުހޯދުމަކީ ތިވިދާޅުވީ "މޮޅު ރިޔާޒް ސަރގެ" ފެއިލް ވުމެއް ނޫންތޯއެވެ. ޑރ.އަފްރާޝީމްގެ މަރުގެ ތަޙްޤީޤު ފެއިލްވެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ނުގެނެވުނީ ކީއްވެތޯ މިއަދު ރިޔާޒް ސާފުކޮށްދެއްވަން އެބަ ޖެހޭ ނޫންތޯއެވެ. އެކަމަށް ރިޔާޒް ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭ ނޫންތޯއެވެ. މިއަދު ރިޔާޒް ވަރަށް ހަރުއަޑުން ކޮރަޕްޝަނުގެ ވާހަކަ އެބަދައްކައެވެ. އެހެންކަމުން ރިޔާޒްގެ ވާހަކަ ވެސް ދައްކަން އެބަޖެހެއެވެ. ރިޔާޒް ކިނބިދޫ ދާއިރާގެ މެންބަރުކަމަށް ކުރިމަތިލާން ނިންމީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައެވެ. އެމަގާމުގައި ހުންނަވައިގެން ރިޔާޒް ވަނީ ކިނބިދޫ ދާއިރާގެ ކެމްޕޭން ކުރައްވާފައެވެ. އެކަމުގެ ހެއްކަކީ ކުރު މުއްދަތެއްގެ ތެރޭގައި ތ.އަތޮޅުގައި 7 ޕޮލިސް ސްޓޭޝަން ރިޔާޒް ހުޅުވުމެވެ. ޕޮލިސް ކޮމިޝަނަރަކަށް ހުރެ ހުރިހާ ރަށަކަށް ގޮސް ކެމްޕޭން ކުރިއެވެ. ތ.އަތޮޅުގެ އެތައް ބަޔަކަށް ފުލުހުންގެ ތެރެއިން ވަޒީފާ ދިން ކަމަށް މީހުން ކިޔައެވެ. ތ.އަތޮޅުގެ އެތައް ބަޔަކަށް އެދުވަސްވަރު ފުލުހުންގެ ތެރެއިން ޕްރޮމޯޝަން ލިބުން އެއީ ހަމަ އިއްތިފާގެއްތޯއެވެ؟ ކިނބިދޫ ދާއިރާގެ ބައެއް ފުލުހުންނަށް ކުއްލިއަކަށް ޑަބަލް ޕްރޮމޯޝަންގެ މައްޗަށް އަނެއްކާ ޑަބަލް ޕްރޮމޯޝަން ލިބުން އެއީ ހަމަ ނަސީބު ގަދަވެގެން ވީކަމެއް ހެއްޔެވެ؟ ރިޔާޒް މިސުވާލުތަކަށް ޖަވާބު ދެއްވަބައްލަވާށެވެ. ނުފޫޒުން ރިޔާޒް ހޯދި ބޯޓުތަކުގައި ތަންތަނަށް އުފުލި ތެލާއި ސިމެންތި އަކީ ފުލުހުންގެ ވަޒީފާގައި ހުރެ ރިޔާޒް ހިންގި ޖާއިޒް ވިޔަފާރިއެއްތޯ ކުރެވޭ ސުވާލަށް އާންމު ފޯރަމެއްގައި ރިޔާޒް ޖަވާބުދެއްވަ ބައްލަވާށެވެ. ރިޔާޒް ކޮމިޝަނަރަކަށް ހުންނެވި ދުވަސްވަރު "މޫންލައިޓް" ކިޔާ މާލެ ދަތުރުކުރާ ބޯޓެއްގައި މަސްތުވާތަކެތި އުފުލާކަމަށް އެތައް ބަޔަކު ތުހުމަތުކޮށް ކުރި ރިޕޯޓްތަކަށް ވެސް ފުލުހުން އެބޯޓު ފާސްނުކުރީ މަތިން އައި އޯޑަރަކަށް ކަމަށް ބައެއް މީހުން ބުނާ ވާހަކަތަކަށް ރިޔާޒް ޖަވާބު ދެއްވަ ބައްލަވާށެވެ. ރިޔާޒް ޕޮލިސް ކޮމިޝަނަރަކަށް ހުންނަވައިގެން ފުލުހުންނަށް ފްލެޓް އަޅަން ފެށިއެވެ. އެ ފްލެޓް ދޭނެ ފުލުހުން ކަނޑައަޅާ ޤަވައިދު ހެދީ ރިޔާޒްއަށް ފެހި ޔުނީފޯމެއް ހެން ކަމަށް ކުރާ ތުހުމަތައް ކެރިވަޑައިގެން ޖަވާބު ދެއްވަބައްލަވާށެވެ. ސީދާ ރިޔާޒް އަށް ފްލެޓް ލިބޭ ގޮތައް އެޤަވައިދު ހައްދަވައިގެން ރިޔާޒް އެހުންނެވީ ފްލެޓް ވެސް ހޯއްދަވައިގެންނެވެ. އެހެން ކަމަށް ވާއިރު ތިޔަ ވިދާޅުވާ ނަޒާހަތްތެރިކަން ކޮބައިތޯއެވެ. ތިޔަ ވިދާޅުވާ ތެދުވެރިކަން ކޮބައިތޯއެވެ. ތިޔަ ވިދާޅުވާ ކޮރަޕްޝަނެއް ނެތް ސާފު މީހާ ކޮބައިތޯއެވެ. އިރެއްގައި އެމްޑީޕީ އަށް ރިޔާޒް އަކީ ބަޣީއެކެވެ. މިއަދު ރިޔާޒް ވަރުގެ މީހަކު ނެތިގެން އުޅުނަސް އެއްދުވަސްވަރެއްގައި ރާއްޖެ ޓީވީ އިން ވެސް ރިޔާޒް އަށް ލައްކަ އެއްޗެހި ކިއްޔެވެ. ރިޔާޒް ޕޮލިސް ކޮމިޝަނަރަކަށް ހުންނަވަނިކޮށް ރާއްޖެޓީވީ ރޯކޮށްލުން އެއީ ގަސްދުގައި ރިޔާޒްވި އިހްމާލެއްގެ ނަތީޖާއެވެ. ރާއްޖެޓީވީ އަށް ނުރައްކާ އެބައޮތް ކަމަށް ތަކުރާރުކޮށް އެޓީވީ އިން ފުލުހުންނަށް މައުލޫމާތު ދިން އިރު ފުލުހުންގެ އިންޓެލިޖެންސަށް ވެސް އޮންނާނީ އެމައުލޫމާތު ލިބިފައެވެ. ނަމަވެސް ރިޔާޒް އެއްވެސް ފިޔަވަޅެއް ނޭޅިއެވެ. ނަތީޖާއަކަށްވީ ރާއްޖޭގެ މީޑިއާއަކަށް މިހާތަނަށް ދިން އެންމެ ބޮޑު ގެއްލުން ރާއްޖެޓީވީ އަށް ބަޔަކު ދިނުމެވެ. އެއީ ރިޔާޒް ކޮމިޝަނަރެއްގެ ހައިސިއްޔަތުން ޒިންމާ އުފުލަން ޖެހޭނެ އަމަލަކަށް ނުވާނެ ހެއްޔެވެ؟ އެހެންކަމުން އެހެން މީހުންގެ ވާހަކަ ޕޯޑިއަމްތަކުގައި ދައްކާ ނޫސްތަކުގެ ހެޑްލައިނުން ޖާގަ ހޯއްދަވާއިރު ހުދު ތިމާ އަށް އަމަލުތައް ބެހެއްޓުނީ ކިހިނެއްތޯ ބަލާލަން އެބަޖެހެއެވެ. އެހެން މީހުންގެ ބޮލުގައި ކުށުގެ ތުހުމަތު އަޅުވާއިރު ތިމާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބު ދާރީވާން ކެރިވަޑައިނުގަންނަވަނީ ކީއްވެކަން ވަރަށް ސާފެވެ. އެއީ ތިމާ އަށް ވެސް ގޯސްތަކެއް ހެދިފައި ހުރިކަން އަމިއްލަ އަށް ގަބޫލު ކުރުމެވެ. ނަމަވެސް ހަނދާނުން އެންމެ ހިނދުކޮޅަކަށް ވެސް ކައްސާލައިގެން ނުވާނެ ކަމަކީ ކޮންމެ މީހަކާއި ހަމައަށް ވެސް ޤާނޫނުގެ ދިގު އަތް ފޯރާނެއެވެ. ނޭންގެނީ އެއަށް ފޯރާނީ ކޮން ދުވަހަކު ކަމެވެ. ފަހަރުގައި އެއީ މާދަމާ ކަމަށް ވެސް ވެދާނެއެވެ.