ކ. މާލެ
|
18 ޖޫން 2023 | އާދީއްތަ 18:17
އައިޝަތު ހިމްނާ ހަަސަން
އައިޝަތު ހިމްނާ ހަަސަން
ސިޑިބަރި
އެތުލެޓިކްސް
400 މީޓަރުގެ ރެކޯޑް ހިމްނާ އައުކޮށްފި
ހިމްނާ ރެކޯޑް އައުކޮށްފައިވަނީ 56.86 ސިކުންތުން ނިންމައިގެން

އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް އައިޝަތު ހިމްނާ ހަަސަން އަނެއްކާވެސް އައުކޮށްފިއެވެ.

ހިމްނާ މި ރެކޯޑް އައުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސް އަށް ތައްޔާރުވުމަށް ޖެމެއިކާގައި ކުރިޔަށްދިޔަ އިވެންޓެއްގައެވެ. މި އިވެންޓުގައި ހިމްނާ ވަނީ 56.86 ސިކުންތުން ރޭސް ނިންމާފައެވެ.

މީގެ ކުރިން ހިމްނާ މި ރެކޯޑް ހަދާފައިވަނީ 2022 ވަނަ އަހަރުގެ ގައުމީ ޓައިމް ޓްރަޔަލްގައެވެ. އެފަހަރު އޭނާ ރެކޯޑް ހެދީ 57.56 ސިކުންތުން ނިންމައިގެނެވެ.

އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑުގެ އިތުރުންވެސް ހިމްނާ ވަނީ މިހާތަނަށް ގިނަ ރެކޯޑްތަކެއް ހަދާފައެވެ. އެގޮތުން މިދިޔަ އަހަރު ހިމްނާ ވަނީ 100 މީޓަރު އަދި 200 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލާފައެވެ.

ހިމްނާ އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ބާރު އަންހެން ދުވުންތެރިޔާއެވެ. އޭނާ ޖެމައިކާގައި ތަމްރީނު ފުރިހަމަ ކުރަމުން ދަނީ ސްކޮލާޝިޕްގެ ދަށުންނެވެ.

- ކޮމެންޓް