ކ. މާލެ
|
18 ޖޫން 2023 | އާދީއްތަ 16:03
ހުސައިން ފަޒީލް ހާރޫން
ހުސައިން ފަޒީލް ހާރޫން
އެތްލެޓިކްސް އެސޯސިއޭޝަން
އެތުލެޓިކްސް
30 އަހަރަގެ ރެކޯޑް ފަޒީލް މުގުރާލައިފި
ފަޒީލް ރެކޯޑް ހަދާފައިވަނީ 3 މިނެޓު 57.44 ސިކުންތުން ރޭސް ނިންމައިގެން

1993 ވަނަ އަހަރު ހަދާފައިވާ 1500 މީޓަރު ދުވުމުގެ ރެކޯޑް ހުސައިން ފަޒީލް ހާރޫން (ފްލޭޝް) މުގުރާލައިފިއެވެ.

މިހާރު އިންޑިއާގައި ކުރިޔަށްދާ އެ ގައުމުގެ ނެޝަނަލް ސްޓޭޓް ޗެމްޕިއަންޝިޕުގައި ފަޒީލް ރެކޯޑް ހަދާފައިވަނީ 3 މިނެޓު 57.44 ސިކުންތުން ރޭސް ނިންމައިގެނެވެ. 1993 ވަނަ އަހަރުގެ ސާފް ގޭމްސްގައި ހުސައިން ރިޔާޒް ރެކޯޑް ހަދާފައިވަނީ 4 މިނެޓު 00.06 ސިކުންތުން ނިންމައިގެނެވެ.

އާދިއްތަ ދުވަހު ހެނދުނު ކުރިޔަށްދިޔަ ހީޓު ފަޒީލް އަށް ނިންމާލެވުނީ 10 ވަނައިގައެވެ. ނަމަވެސް އޭނާ ވަނީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ދުވަސްވީ ރެކޯޑް މުގުރާލާފައެވެ.

ފަޒީލް އަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމަށް އިންޑިއާގައި ތަމްރީން ފުރިހަމަކުރަމުންދާ އެތުލީޓުން ތެރެއިން އެތުލީޓެކެވެ. އޭނާ ވަނީ އެންމެ ފަހުން އޮތް އައިއޯއައިޖީ މުބާރާތުގެ 1500 މީޓަރު ދުވުމުން ލޯ މެޑަލް ހޯދާފައެވެ.

ފަޒީލް އަކީ ރާއްޖޭގެ ގިނަ ރެކޯޑް މުގުރަމުންދާ އެތުލީޓެކެވެ. 5000 އާއި 10000 މީޓަރު ދުވުމުގެ ރެކޯޑް ވެސް ހަދާފައިވަނީ ފަޒީލްއެވެ.

- ކޮމެންޓް