ލީގު ބުރުގައި ރާއްޖެއިން ކުޅެންޖެހޭ ފަހު މެޗުގެ ކުރިން ފައިވް ނޭޝަންސް ކަޕުން ކަޓައިފިއެވެ.
ސެމީއަށް ނުގޮސް ރާއްޖެ ކެޓީ ނޭޕާލުން ބަނގްލަދޭޝް ބަލިކުރުމުންނެވެ. އެއާއެކު ރާއްޖެ ނޭޕާލާ ދެކޮޅަށް ނުކުތުމުގެ ކުރިން ނޭޕާލުން ވަނީ ސެމީގެ ޖާގަ ޔަޤީންކޮށްފައެވެ. ނޭޕާލް ވަނީ މިހާތަނަށް ދެ މެޗު ކާމިޔާބުކޮށްފައެވެ. ރާއްޖެ ފިޔަވައި އަނެއް ހަތަރު ޓީމްވެސް ވަނީ ކޮންމެ ޓީމެއް ދެ މެޗުން މޮޅުވެފައެވެ. ރާއްޖެ ތިން މެޗު ކުޅުނު އިރު މޮޅެއް ނުލިބެއެވެ. ރާއްޖެއަށް ސެމީގެ ފުރުޞަތެއް ލިބެން އޮތީ ބަނގްލަދޭޝް އަތުން ނޭޕާލް ބަލިވެގެންނެވެ. އެކަމަކު ނޭޕާލުން މެޗު ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ. އެއީ 90-61 ޕޮއިންޓުންނެވެ. މިއީ މުބާރާތުގެ މިހާތަނަށް ފެނުނު އެންމެ ތަފާތުބޮޑު ނަތީޖާ ވެސް މެއެވެ.
މުބާރާތުގައި އާދިއްތަ ދުވަހު ކުޅޭނީ ލީގު ބުރުގެ ފަހު ދެ މެޗެވެ. ހަވީރު ވާދަކުރާނީ ޕާކިސްތާނާއި ނޭޕާލެވެ. ރޭގަނޑު ވާދަކުރާނީ ރާއްޖެއާއި ނޭޕާލެވެ. ސެމީގައި ވާދަކުރާނެ ޓީމްތައް ޔަޤީންވާނީ އެ ދެމެޗަށްފަހުއެވެ.