ނ.ޅޮހީ އަދި ތ. ގުރައިދޫ ޞިއްޙީ މަރުކަރުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން ނ. ނޮޅީ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ކިލޯމީޓަރ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. އަދ ތ. ގުރައިދޫ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ކޯސްޓަލް އިންޖިނިއަރިންގ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ޙަންނާނު ޙުސައިނެވެ.
މި މަޝްރޫޢުގެ ދަށުން ނ. ޅޮހީ އާއި ތ. ގުރައިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ އިތުރުން ވަށާފާރު ރޭނުމުގެ މަސައްކަތްތައް ކުރާނެއެވެ. މި ދެ މަޝްރޫޢުވެސް ޙަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ހެލްތު މިނިސްޓްރީން ބުނީ މީގެ ތެރެއިން ޅޮހީ ޞިއްޙީ މަރުކަޒުގެ މަސައްކަތަށް 2.5 މިލިއަން ރުފިޔާ އަދި ގުރައިދޫ ޞިއްޙީ މަރުކަޒުގެ މަސައްކަތަށް 3.2 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ގެންދަނީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ ޖާގަ އިތުރުކޮށް ޓާޝަރީ ހޮސްޕިޓަލްތައް ބިނާކުރަމުންނެވެ.