Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 14:53
އްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން
އްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން
މަޖިލިސް
މަސީހްގެ އިތުބާރު ވޯޓު
ޕީޕީއެމްއާ އަލުން ގުޅުމަށް ވުރެ ނާށިގަނޑު ހިފައިގެން ސަލާންޖެހުން މާރަނގަޅު:ސިނާން
ޕީޕީއެމްއާ އަލުން ގުޅުމަށް ދެއްވި ދައުވަތު ގަބޫލެއްނުކުރަން
ސިޔާސީ ހައްޔަރިން މިނިވަންކުރަންޖެހޭ
ޕީޕީއެމްގެ އިސްވެރިންގެ އިހްލާސްތެރިކަމެއް ނެތް

.ޕީޕީއެމްގެ މިހާރު އޮތް ލީޑަޝިޕާއެކު އަލުން ގުޅުމަށް ވުރެ ނާށިގަނޑު ހިފައިގެން ސަލާންޖެހުން މާރަނގަޅުވާނެ ކަމަށް، ޕީޕީއެމްއިން ވަކިވެވަޑައިގެންފައިވާ މައްޗަންގޮޅީ  ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެ އެވެ. 

.

.މިހާރު ރާއްޖޭން ބޭރުގައި ހުންނެވި ސިނާން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޕީޕީއެމްއާ އަލުން ގުޅުމަށް ދައުވަތު ދެއްވި ނަމަވެސް، އެ ދައުވަތު ގަބޫލް ނުކުރައްވާ ކަމަށެވެ.

 

"އެ ބޭފުޅުންނަކީ އިހްލާސްތެރި ބައެއް ނޫން. އަލުން މިހާރު އޮތް ޕީޕީއެމްގެ ލީޑާޝިޕާއެކު މަސައްކަތް ކުރުމަކީ ނެތްކަމެއް. އެއަށް ވުރެ ރަނގަޅުވާނެ، މުންޑުބުރީގައި ނާށިގަނޑު ހިފައިގެން މަގު މައްޗަށް ނުކުމެ ސަލާންޖެހުން ވެސް،" ރައީސް އަބްދުﷲ ޔާމީނާއެކު ވަރަށް އަރިސްކޮށް އުޅުއްވި ސިނާން ވިދާޅުވި އެވެ

.ސިނާން ވިދާޅުވީ ރައީސް މައުމޫނާއި ރައީސް ނަޝީދު އަދި ގާސިމް އިބްރާހިމް ހައްޔަރުކޮށްގެން ވެސް، ޕީޕީއެމް އަށް މެމްބަރަކު އިތުރެއް ނުވާނެ ކަމަށެވެ. 


މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި 45 މެމްބަރަކު ސޮއި ކުރައްވާފައިވާއިރު ޕީޕީއެމްގެ 11 މެމްބަރަކު ސޮއި ކުރެއްވި އެވެ. އޭގެ ތެރެއިން 10 މެމްބަރަކު ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
13 ޖުލައި 2017 | ބުރާސްފަތި 00:25
ސަލާމް
ބައްތިރީސް މިލިޔަން ލިބުނީމާ، ޖަހާނެ ސަލާމެއް އޮންނާނެތޯ.
12 ޖުލައި 2017 | ބުދަ 17:05
Mod
Ehaa varah libuneema naashigadu ifaagen dhaaka nujehey nun tha