ކ. މާލެ
|
17 ޖޫން 2023 | ހޮނިހިރު 07:05
ރުޑީ ގާސިއާ
ރުޑީ ގާސިއާ
ރާއްޖެއެމްވީ
ނަޕޯލީ
ނަޕޯލީގެ ކޯޗަކަށް އަލް ނަސްރުގެ ގާސިއާ ހަމަޖައްސައިފި
އެއްބަސްވުމުގެ މުއްދަތު ނަޕޯލީ އިން ހާމަކޮށްފައެއް ނުވޭ

އިޓާލިއަން ލީގުގެ ޗެމްޕިއަން ނަޕޯލީގެ ކޯޗަކަށް ރުޑީ ގާސިއާ ހަމަޖައްސައިފި އެވެ.

ނަޕޯލީގެ އައު ކޯޗަކަށް ގާސިއާ ހަމަޖެއްސިކަން ބުރާސްފަތި ދުވަހު ޓީމުން އިއުލާނުކުރި ނަމަވެސް އެއްބަސްވުމުގެ މުއްދަތު ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 59 އަހަރުގެ ގާސިއާ ވަނީ 2013 އިން 2016 އަށް އިޓަލީގެ އޭއެސް ރޯމާއަށް ކޯޗުކޮށްދީ، ފްރެންޗް ލީގު ދެ ޓީމު ކަމަށްވާ އޮލިމްޕިކް ޑި މާސޭ އާއި އޮލިމްޕިކް ލިއޯން އަށް ކޯޗުކަން ކޮށްދީފައެވެ.

ފްރާންސްގެ ގާސިއާ އަކީ މިދިޔަ ސީޒަނުގައި ސައުދީ އަރަބިއާގެ އަލް ނަސްރުގެ ކޯޗެވެ. ސައުދީ ޕްރޯ ލީގުގެ ދެ ވަނައިގައި އެ ޓީމު ނިންމާލިއިރު އެޓޭކްގައި އިސްކޮށް ހުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ދެފަރާތުގެ އެއްބަސްވުމުގެ މަތިން ގާސިއާ އެ ޓީމު ދޫކޮށްލީ އެޕްރީލް މަހުއެވެ.

ނަޕޯލީއަށް 1990 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދިން ނަޕޯލީގެ ކުރީގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ބްރޭކެއް ނެގުމަށް އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް