ކ. މާލެ
|
16 ޖޫން 2023 | ހުކުރު 15:13
ވެޓަރަންސް މުބާރާތުގެ ތެރެއިން
ވެޓަރަންސް މުބާރާތުގެ ތެރެއިން
ރާއްޖެއެމްވީ
ވެޓަރަންސް ކެރަމް މުބާރާތް
ވެޓަރަންސް ކެރަމް މުބާރާތް: އިސްމާއިލް ސުޖާއު އަދި އިސްމާއިލް އަބްދުﷲ ސިންގަލްސް ފައިނަލަށް
ވެޓަރަންސް ކެރަމް މުބާރާތުގެ ފައިނަލް މެޗުތައް މިރޭ ކުރިޔަށް ދާނެ

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން މުޅިން އަލަށް ބާއްވާ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕުގެ އޯޕަން ސިންގަލްސްގެ ފައިނަލުން ޖާގަ އިސްމާއިލް ސުޖާއު އަދި އިސްމާއިލް އަބްދުﷲ ހޯދައިފިއެވެ.

ސެމީ ފައިނަލްގައި އާދަމް ސަލީމް އާ ބައްދަލުކޮށް އިސްމާއިލް ސުޖާއު ވަނީ ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ ދެ ސެޓުވެސް އޭނާ ކާމިޔާބު ކޮށްފައިވަނީ 25-7 ގެ ނަތީޖާއަކުންނެވެ.

އިސްމާއިލް އަބްދުﷲ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ގައި މުހައްމަދު އާމިރުގެ މައްޗަށް ދެ ސެޓުން ކުރިހޯދައިގެނެވެ. ފުރަތަމަ ސެޓު 25-8 އިން ކާމިޔާބުކުރިއިރު ދެވަނަ ސެޓު ކާމިޔާބުކޮށްފައިވަނީ 25-17 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގެ އޯޕަން ޑަބަލްސްގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ނާޒިމް ހަސަނާއި އިސްމާއީލް ސުޖާއުގެ ޕެއަރގެ އިތުރުން އާދަމް ސަލީމާއި އަބްދުﷲ އިސްމާއީލްގެ ޕެއަރއެވެ.

ވެޓަރަންސް ކެރަމް މުބާރާތުގެ ފައިނަލް މެޗުތައް މިރޭ ކުރިޔަށް ދާނެއެވެ. މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގައި ހުންނަ ކެރަމް ހޯލްގައެވެ.

- ކޮމެންޓް