Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 13:58
އެމްޑީއޭގެ އަންހެނުން ގޮފީގެ ރައީސާ ނަޒީރާ އިބްރާހީމް
އެމްޑީއޭގެ އަންހެނުން ގޮފީގެ ރައީސާ ނަޒީރާ އިބްރާހީމް
ފޭސްބުކް
ސަރުކާރުގެ ކޯޑިނޭޓަރުން
އެމްޑީއޭގެ ނަޒީރާ ޖެންޑަރ މިނިސްޓްރީ ކޯޑިނޭޓަރުކަމަށް އައްޔަން ކުރައްވައިފި
ނަޒީރާ އަކީ އެމްޑީއޭގެ އަންހެނުން ގޮފީގެ ރައީސާ
ނަޒީރާގެ ދަރިފުޅު އަހުމަދު ރީހާނަކީ އެމްޑީއޭގެ ޔޫތް ކައުންސިލްގެ ރައީސް

ސަރުކާރު ކޯލިޝަން އެމްޑީއޭ އަންހެނުން ގޮފީގެ ރައީސް ނަޒީރާ އިބްރާހީމް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ކޯޑިނޭޓަރު ކަމަށް އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ބުދަ ދުވަހުން ފެށިގެން ނަޒީރާ ޖެންޑަރ މިނިސްޓްރީގެ ކޯޑިނޭޓަރު ކަމުގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ނަޒީރާއަކީ ސަރުކާރު ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ އަންހެނުން ގޮފީގެ ރައީސާގެ އިތުރުން އެ ޕާޓީގެ އެކިއެކި ހަރަކާތްތަވެވަޑައިގަންނަވާ ކަނބަލެކެވެ.

މީގެއިތުރުން އެމްޑީއޭއާއި ސަރުކާރުގެ ދިފާއުގައި ޕޯޑިއަމްތަކުގައި ވާހަކަދައްކަވާ ކަނބަލެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވެއެވެ.

މިއަހަރުގެ ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ޔާމީން ވަނީ ނަޒީރާއަށް "ރެހެންދި އެވޯޑް" ވެސް ދެއްވާފަ އެވެ.

އެމްޑީއޭގެ އަންހެނުން ގޮފީގެ ރައީސާ ކަމުގެ މަގާމުގައި ނަޒީރާ ހުންނެވިއިރު، އެމްޑީއޭގެ ޔޫތް ކައުންސިލްގެ ރައީސަކީ ނަޒީރާގެ ދަރިފުޅު އަހުމަދު ރީހާން އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް