Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 09:31
އަދީބުގެ ދެ ވަކީލުން މޫސާ ސިރާޖާއި މަހުފޫޒު ސައީދު
އަދީބުގެ ދެ ވަކީލުން މޫސާ ސިރާޖާއި މަހުފޫޒު ސައީދު
ރާއްޖެއެމްވީ
އަހުމަދު އަދީބު
ރައީސް ޔާމީން އެ ވިދާޅުވާ ފައިސާ ޖަމާމާވެފައި ވަނީ އެމަނިކުފާނުގެ އެކައުންޓަށް: އަދީބުގެ ވަކީލު
އަދީބު ބޭސްފަރުވާއަށް ދެވޭނީ ދައުލަތުގެ ފައިސާ ދައްކާފައި ކަމަށް ރައީސް ވިދާޅުވި
އެފައިސާތައް ހުރީ ރައީސް ޔާމީންގެ އެކައުންޓުގައި ކަމަށް ވަކީލުން ވިދާޅުވި

ރައިސް ޔާމީން އެ ވިދާޅުވާ ފައިސާ ޖަމާވެފައި ވަނީ އެމަނިކުފާނުގެ އެކައުންޓަށް ކަމަށް އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު މިހެން ވިދާޅުވީ ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭނީ އެމްއެމްޕީއާރުސީން ނެގި ފައިސާތައް ދެއްވުމަށް ފަަހު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން ކުރެއްވި ޓްވީޓެއްގައެވެ.

 

ސިރާޖު ވިދާޅުވީ އެސްއޯއެފް އިން ލާރި ޖަމާވެފައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ކަމަށާއި  އަދީބުގެ އެކައުންޓަށް ނޫން ކަމަށެވެ. އަދި  އޭސީސީގެ ރިޕޯޓް ތައްޔާރު ނުވެ ލަސް ވަނީ ރައީސް ޔާމީން ބަޔާން ދެއްވުމަށް ފަސްޖެހޭތީ ކަމަށް ސިރާޖުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އަދީބުގެ ވަކީލުކަން ކުރައްވާ މަހުފޫޒު ސައީދު  ކޮށްފައިވާ ޓްވީޓެއްގައި ވެސް ވިދާޅުވެފައި ވަނީ  އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ދައްކަން އަދީބުގެ މައްޗަށް ޝަރުއީ ހުކުމެއް ނެތް ކަމަށެވެ.

 އަންގާރަ ދުވަހުގެ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޕްރެސްގައި ރައީސް ޔާމީން ވިދާޅުވީ ދައުލަތުން ނެގި ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމަށް ފަހު، އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަންނަވަންވީ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް