ކ. މާލެ
|
12 ޖޫން 2023 | ހޯމަ 21:46
ޖޫޑް ބެލިންހަމް
ޖޫޑް ބެލިންހަމް
ރޮއިޓާސް
ޖޫޑް ބެލިންހަމް
އަނިޔާގެ ސަބަބުން ބެލިންހަމް އަށް އިންގްލެންޑު ޓީމުން ޖާގަ ގެއްލިއްޖެ
 
ބެލިންހަމްއަށް ޖާގަ ގެއްލިފައިވަނީ އަންނަ ހަފްތާގައި މަލްޓާ އަދި ނޯތު މެސަޑޯނިއާ އާ ދެކޮޅަށް ކުޅޭ ޔޫރޯ ކޮލިފައިން މެޗުތަކުން

އަނިޔާގެ ސަބަބުން ޑޯޓްމަންޑުގެ ޒުވާން ތަރި، ބެލިންހަމް އަށް އިންގްލެންޑު ޓީމުން ޖާގަ ގެއްލިއްޖެއެވެ.

ބެލިންހަމްއަށް ޖާގަ ގެއްލިފައިވަނީ އަންނަ ހަފްތާގައި މަލްޓާ އަދި ނޯތު މެސަޑޯނިއާ އާ ދެކޮޅަށް ކުޅޭ ޔޫރޯ ކޮލިފައިން މެޗުތަކުންނެވެ.

ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވި ނަމަވެސް ޓީމުން އަދި އިއުލާން ނުކުރާ ބެލިންހަމް އަށް އަނިޔާގެ ސަބަބުން ސީޒަނުގެ ފަހު މެޗުގައި ނުކުޅެވުނެވެ. އޭނާގެ ކަކުލަށް ލިބުނު އަނިޔާ އާ ގުޅިގެން އޮޕަރޭޝަނެއް ކުރަން ޖެހިދާނެކަމަށް ވެސް ވަނީ އަޑު ފެތުރިފައެވެ.

ކުރިއަށް އޮތް ހަފްތާތަކުގައި ރެއާލް މެޑްރިޑުން ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށް ވާހަކަ ދެކެވޭއިރު، ބެލިންހަމް އަކީ މުސްތަގުބަލުގައި ރެއާލް މެޑްރިޑްގެ މިޑްފީލްޑުގެ ލީޑަރަކަށް ވާނެ ކަމަށް ބެލެވެއެވެ. ރެއާލް މެޑްރިޑުން ބެލިންހަމް ގެންނަން ނިންމާފައިވާއިރު، ލޫކާ މޮޑްރިޗުގެ މުސްތަގުބަލާ މެދު އަދި ގޮތެއް ނުނިންމައެވެ.

އަންނަ ހަފްތާގެ މެޗުތައް ނުކުޅެވުނު ނަމަވެސް، ޓީމާއެކު ބެލިންހަމް ސެއިންޓް ޖޯޖް ޕާކަށް ރިހެބިލިޓޭޝަން ފުރިހަމަ ކުރުމަށް ދަތުރުކުރާނެއެވެ. ސައުތު ގޭޓުގެ ޓީމުން ފަރިތަކުރުންތަކަށް ރިޕޯޓު ނުކުރާނެ ހަމައެކަނި ކުޅުންތެރިޔަކީ ބްރައިޓަންގެ ލެވިސް ޑަންކް އެވެ.

ޔޫރޯ ކޮލިފައިންގައި މި މަހު 16 ގައި އިންގްލެންޑު ނިކުންނާނީ މަލްޓާ އާ ދެކޮޅަށެވެ. އެޔަށްފަހު ނޯތު މެސަޑޯނިއާ އާ ބައްދަލުކުރާނީ 19 ވަަނަ ދުވަހުއެވެ. އިންގްލެންޑު އޮތީ ކުޅުނު ދެ މެޗުން މޮޅުވެ ތާވަލުގެ އެއް ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް