ކ. މާލެ
|
11 ޖޫން 2023 | އާދީއްތަ 21:14
ޔުނައިޓެޑުގެ ކެޕްޓަން މެގުއާ
ޔުނައިޓެޑުގެ ކެޕްޓަން މެގުއާ
ޓްވީޓަރ
ހެރީ މެގުއާ
ނިއުކާސަލް އިން ލޯނު އެއްބަސްވުމެއްގެ ދަށުން މެގުއާ ގެންދަން މަސައްކަތް ކުރަނީ
 
މި ސީޒަނުގެ ޕްރިމިއާ ލީގުގައި އޭނާ ކުޅެފައިވަނީ އެންމެ 16 މެޗު

ނިއުކާސަލް ޔުނައިޓެޑުން ލޯނު އެއްބަސްވުމެއްގެ ދަށުން ހެރީ މެގުއާ ގެންދަން މަސައްކަތް ކުރާއިރު، މެންޗެސްޓާ ޔުނައިޓެޑުން ބޭނުންވަނީ ދާއިމީކޮށް އޭނާ ދޫކޮށްލުމަށެވެ.

30 އަހަރުގެ މެގުއާ ދާއިމީކޮށް ހޯދުމަށް ނިއުކާސަލްއިން އަގެއް ހުށަހަޅައިފިނަމަ އޭނާ ދޫކޮށްލުމަށް މެންޗެސްޓާ ޔުނައިޓެޑު އޮތީ ތައްޔާރަށެވެ. ޓޮޓެންހަމް އިންވެސް މީގެ ކުރިން ވަނީ މެގުއާ އަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް އެ ޓީމުންވެސް އަދި ބިޑެއް ނުކުރެއެވެ. އޭގެ އިތުރުން އެސްޓަން ވިލާއިން ވެސް ދަނީ އިންގްލެންޑުގެ ޑިފެންޑަރު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވި އެރިކް ޓެން ހާގްގެ ފުރަތަމަ 11 އިން ޖާގަ ހޯދަން މެގުއާ އަށް އުނދަގޫތަކެއް ކުރިމަތިވިއިރު، ޕްރިމިއާ ލީގުގައި އޭނާ ކުޅެފައިވަނީ އެންމެ 16 މެޗެވެ. ނަމަވެސް އޭނާ ބޭނުންވަނީ ޓީމުގައި މަޑުކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ޔުނައިޓެޑުގެ ވިސްނުން ހުރީ ނަޕޯލީގެ ޑިފެންޑަރު ކިމް މިން ޖޭ ގެނައުމަށްފަހު މެގުއާ ދޫކޮށްލުމަށެވެ.

ޔުނައިޓެޑުން މޭސަން މައުންޓު ގެނައުމުގެ ޑީލް ތެރެއިން ޗެލްސީއަށް މެގުއާ ފޮނުވާލާނެކަމުގެ ވާހަކަތަކެއްވެސް ދަނީ ފެތުރެމުންނެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރަކަށް މަގުއާ ވެގެން ދިޔައީ 2020 ވަނަ އަހަރު 80 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ސޮއިކުރުމުންނެވެ. އޭގެ ފަހުން އޭނާ ވަނީ ކްލަބުގެ ކެޕްޓަންކަން ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
100%
0%
0%
0%
0%
ކޮމެންޓް