ކ. މާލެ
|
11 ޖޫން 2023 | އާދީއްތަ 16:52
އިންޓަ ސްކޫލް މުބާރާތުގެ ތެރެއިން
އިންޓަ ސްކޫލް މުބާރާތުގެ ތެރެއިން
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއަރ ޗެމްޕިއަންޝިޕް
ބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއަރ ޗެމްޕިއަންޝިޕް ޖުލައި މަހު ބާއްވަނީ
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހު 8 ވަނަ ދުވަހު

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ހިންގާ ބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއަރ ޗެމްޕިއަންޝިޕް ޖުލައި މަހު ބާއްވަން ނިންމައިފިއެވެ.

މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖުލައި މަހު 8 ވަނަ ދުވަހުން 15 ވަނަ ދުވަހަށް މާލެ ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން އިންޑޯ ހޯލްގައެވެ. އެސޯސިއޭޝަނުން މި މުބާރާތް ބޭއްވުމަށް ތައްޔާރުވަމުން ދާއިރު، މި މަހު20 ވަނަ ދުވަހު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޖުލައި މަހު ދެވަނަ ދުވަހެވެ.

މި އަހަރުގެ ސްޕޯޓްސް އެވޯޑުގައި އެންމެ މޮޅު އެސޯސިއޭޝަނަކަށް ހޮވުނީ ބެޑްމިންޓަން އެސޯސިއޭޝަނެވެ. އެ އެސޯސިއޭޝަނުން ވަނީ ހޮނިހިރު ދުވަހު ލިނިންގް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

- ކޮމެންޓް