ކ. މާލެ
|
11 ޖޫން 2023 | އާދީއްތަ 07:43
ގާޑިއޯލާ ސިޓީއަށް ހޯދައިދިން ފުރަތަމަ ޗެމްޕިއަންސް ލީގު ތަށްޓަށް ބަލަހައްޓައިގެން
ގާޑިއޯލާ ސިޓީއަށް ހޯދައިދިން ފުރަތަމަ ޗެމްޕިއަންސް ލީގު ތަށްޓަށް ބަލަހައްޓައިގެން
ރޮއިޓާސް
ގާޑިއޯލާއަށް ހަމަޖެހުން
ގާޑިއޯލާއަށް ވަރުބަލިކަމާއި ހަމަޖެހުމާއި ހިތްހަމަޖެހުން!
 
އެއް ސީޒަނެއްގައި ދެ ކްލަބަކަށް ތިން ތަށި ހޯދައިދިން ފުރަތަމަ ކޯޗަކަށް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި ހޯދައިދިނުމުގެ އިތުރަށް ވެސް ތާރީޚުން ޖާގަ ހޯދުމަށްފަހު ކޯޗު ޕެޕް ގާޑިއޯލާ ހަމަޖެހިލައި ހިތްހަމަޖެހުން ހޯދައިފިއެވެ.

ސީޒަނެއްގައި ދެ ކްލަބަކަށް ތިން ތަށި ހޯދައިދިން ފުރަތަމަ ކޯޗުގެ ޝަރަފާއެކު ގާޑިއޯލާ ބުނީ ހަމަޖެހުމާއި, ހިތްހަމަޖެހުމުގެ އިތުރަށް ވަރުބަލި ވެސް ވެއްޖެކަމަށެވެ. ބާސެލޯނާއަށް ވެސް އެއް ސީޒަނެއްގައި ތިން ތަށި ހޯދައިދިން ކޯޗު ބުނީ މިއީ ވަރަށް އުނދަގޫ ކާމިޔާބީއެއްކަމަށެވެ. ސިޓީއަށް ބަދަލުވެ, ޗެމްޕިއަންސް ލީގު ހޯދައިނުދެވުމުގެ ޕްރެޝަރާއެކު ހުރި ގާޑިއޯލާ އިންޓަރ މިލާން ބަލިކޮށް ސިޓީއަށް އެތަށި ހޯދަދިނުމުން ވަރަށްބޮޑު ޕްރެޝަރެއްވެސް ފިލާ ދިޔައީއެވެ.

މިއީ ވަރަށް އިމޯޝަނަލް ވަގުތެއް. މި ހަޤީޤަތަކަށްވީ ބޮޑު ހުވަފެނެއް. މި ކްލަބްގެ އެންމެން މިތިބީ މިކާމިޔާއަށް އިންތިޒާރުކޮށްގެން. އެ އެންމެންނަށް ހައްޤު ކާމިޔާބީއެއް މިއީ. މިއީ ދެވަނަ ފަހަރަށް ތަކުރާރުވާނެ ކާމިޔާބީއެއްވެސް ނޫން.
ޕެޕް ގާޑިއޯލާ/ މެންޗެސްޓަރ ސިޓީގެ ކޯޗު

ގާޑިއޯލާ ބުނީ މިއީ ފަސޭހަ ކާމިޔާބީއެއް ނޫންކަމަށާއި, މި ކާމިޔާބީގައި ބައިވެރިވާ އެންމެންނަށް ޝުކުރު އަދާކުރާކަމަށެވެ. ޗެމްޕިއަންސް ލީގުގައި ވާދަކުރި އިންޓަރ މިލާނަކީ ވަރުގަދަ ޓީމެއްކަން ފާހަގަކޮށް ގާޑިއޯލާ ބުނީ އޭނާގެ ޓީމް އެކުގައި އެޓޭކްކޮށް, ޑިފެންސްވެސް ކުރިކަމަށެވެ.

މެންޗެސްޓަރ ސިޓީއަކީ އެއް ސީޒަނެއްގައި ތިން ތަށި ކާމިޔާބުކުރި އިނގިރޭސި ދެވަނަ ކްލަބެވެ. މީގެކުރިން އެކަން ހާސިލްކުރީ ސަރ އެލެކްސް ފަގަސަންއާއެކު މެންޗެސްޓަރ ޔުނައިޓެޑެވެ. އެއީ 1999 ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް