Advertisement
ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 22:31
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ޓްވިޓަރ
ރައީސް ޔާމީން
އަޅުގަނޑު އަޒުލު ކުރެވޭ ވަރަށް ވޯޓް ހަމަވެދާނެ:ރައީސް ޔާމީން
ޖާއިޒު ގޮތުގައި މަގާމުން ވަކި ނުކުރެވޭނެ
މަސީހު ގަވާއިދާ ހިލާފު ކަމެއް ނުކުރޭ
މަސީހުގެ ވޯޓް ސަލާމަތް ކުރެވިދާނެ ކަމުގެ ޔަގީން ކަމެއް ރައީސް ނުދެއްވި

އެ މަނިކުފާނު މަގާމުން އަޒުލުކުރެވޭ މިންވަރަށް ވެސް މަޖިލީހުގައި އިދިކޮޅު ފަރާތްތަކަށް ވޯޓް ހަމަ ކުރެވިދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ޕީޕީއެމް އަށް ގުޅިވަައިގަތުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރެވޭ މިންވަރަށް ވެސް ވޯޓް ހަމަ ކުރެވިދާނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދާ ހިލާފަށް އެ މަނިކުފާނު ކުރެއްވި ކަމެއް ނެތް ކަމަށް ވިދާޅުވި އެވެ.

 

އަޒުލުކުރެވޭ މިންވަރަށް ވޯޓް ހަމަ ކުރެވުނު ނަމަވެސް، ޖާއިޒު ގޮތެއްގައި އެ މަނިކުފާނު މަގާމުން ދުރުނުކުރެވޭނެ ކަމަށާއި ޖަވާބުދާރީ ނުވެވޭނެ ކަމެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

 

އިދިކޮޅު ބައެއް ބޭފުޅުން މިހާރު އަމާޒު ހިފާފައި ހުރީ 57 މެމްބަރުން ހޯއްދެވުމަށް ކަމަށް ވިދާޅުވެފައިވާކަން ފާހަގަ ކުރައްވައި، ރައީސް ޔާމީން ވިދާޅުވީ އެ މިންވަރަށް ވޯޓް ހޯއްދަވަނީ ރައީސުލްޖުމްހޫރިއްޔާ އަޒުލުރެއްވުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

 

މުލައްދަނޑީގައި ބާރު ހުރެއްޖެ ނަމަ އަދަދު ހަމަވެގެން އެކަން ކުރެވޭނަމަ އެއީ ހަސަދަ އާއި ޖަޒުބާތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިޝް ރިޝްވަތު ދީފައިވާކަން ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވާތީކަމަށް ފާހަގަ ކުރައްވަމުންނެވެ.

 

ރައީސް ޔާމީން ވިދާޅުވި ގޮތުގައި މަގާމުން އަޒުލުކުރުމުކީ "ނުފޫޒު ހިމެނިފައި އޮންނަ ޝަރަފުވެރި ގައްދާރު މަސައްކަތެއް" ކަމަށެވެ.

 

ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަކީ ވެސް ރިޔާސީ ނިޒާމުގައި އިޖުރާއަތްތަކަކާއެކު ހިނގާ ކަމެއް ކަމަށާއި ގާނޫނު އަސާސީގައި ބުނާ އަދަދަށް މެމްބަރުން ހަމަވެއްޖެ ނަމަ އަޒުލުވެގެން ދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

 

"އެއީ ވެސް ސިޔާސީ އަޒުލުވުމެއް. އެ އަޒުލުވުމަކީ އިންސާފާއި އަދުލް ހިމެނޭ އަޒުލުވުމެއްތޯ ކަނޑައަޅާނީ ސުޕްރީމް ކޯޓުން. އަޅުގަނޑަށް ބުނަން އެނގޭ އެއްޗަކީ އަޅުގަނޑަކީ ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް ކަންކުރާ މީހެއް ނޫންކަން. އަދި އަޅުގަނޑަކީ ދިވެހިރާއްޖޭގެ މަސްލަހަތު، ރައްޔިތުންގެ މަސްލަހަތަށް ގެއްލުއްވާ ގޮތަށް އެއްވެސް ކަމެއް ކޮށްފައިހުރި މީހެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.

 

އިތުބާރު ނެތްކަމުގެ މައްސަލަ ނަގާއިރު، ޖާއިޒު ގޮތުގައި އެކަން ކުރެއްވުމަށާއި މަސީހުގެ މައްޗަށް ވައްދާފައިވާ މައްސަލައަކީ ގަވާއިދާ ހިލާފަށް ކަމެއް ކުރައްވައިގެން ކުރިއަށް ގެންދާ ކަމެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

 

"މަޖިލިސްގެ ރައީސް ގަވާއިދާ ހިލާފަށް ކަމެއް ކުރައްވާފައިވާ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" ރައީސް ޔާމީން ވިދާޅުވި އެވެ،

 

"މަޖިލިސްގެ ރައީސް މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް ކަންކަން ކުރައްވާ ކަމަށް ވަންޔާ ކޮންމެ މެމްބަރެއްގެ ޒިންމާއެއް އެކަމެއް ރިޔާސަތުގެ ސަމާލު ކަމަށް ގެންނެވުން އެއީ."

 

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެ ވަނަ ފަހަރު ވެސް އަދި ތިން ވަނަ ފަހަރު ވެސް ވެއްދީ ވަރަށް އަމިއްލަ އެދުން އިސްކުރައްވައިގެން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ވޭތުވެދިޔަ ދެ ފަހަރު ވެސް މަސީހުގެ ވޯޓް ބޭރުކޮށްލާފައިވާއިރު، މިފަހަރު އެކަން ކުރާނެ ކުރިމަތިވާނެ ކަންކަމެއް ނޭނގޭ ކަމަށެވެ،

 

"ޝައްކެއް ވެސް ނެތް ތި ވިދާޅުވި ގޮތުން 45 މެމްބަރުން ވަނީ ސޮއިކުރައްވާފައި. އަޅުގަނޑުމެންގެ އުއްމީދަކަށް ވާނީ އަޅުގަނޑުމެންގެ އަޒުމަކަށް ވާނީ އިރާދަ ކުރެއްވިއްޔާ މަޖިލިސްގެ ރައީސްގެ ގޮނޑި ނުގެއްލި ދިފާއު ކުރެވޭތޯ މަސައްކަތް ކުރުން. އެއީ އަޅުގަނޑުމެންނަށް ކަށަވަރުކަމާއެކީ އަޅުގަނޑުމެން ބުނާ އެއްޗެއް ނޫން. އެއީ އަޅުގަނޑުމެން ކުރާ އުއްމީދު،" ރައީސް ޔާމީން ވިދާޅުވި އެވެ.

 

ގާނޫނާ ހިލާފު ކަމެއް ނުކުރައްވައި ސިޔާސީ ޖަޒުބާތުގައި މިނިސްޓަރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރިޔަސް، ސުޕްރީމް ކޯޓުން ނިންމާފައިވާ ގޮތުން އެފަދަ މައްސަލައިގައި ފަހު ބަސް ބުނާނީ ގާޒީއެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
13 ޖުލައި 2017 | ބުރާސްފަތި 19:35
ފޮޅި ސިއްތި
މާލަދީފު ބަހައްޓައިގެން ކީއްކުރަން އުޅޭ މީހެއްތަ މީ...