ކ. މާލެ
|
10 ޖޫން 2023 | ހޮނިހިރު 13:53
ހާލަންޑް: ސިޓީގެ އެންމެ މުހިންމު ފޯވާޑަކީ އޭނާ
ހާލަންޑް: ސިޓީގެ އެންމެ މުހިންމު ފޯވާޑަކީ އޭނާ
ޑެއިލީ މެއިލް
ޗެމްޕިއަންސް ލީގު
ހަލާންޑް ހިފަހައްޓާނެ ޕްލޭނެއް އެބައޮތް: އިންޒާގީ
 
އޭނާ ބުނަނީ އިސްތަންބޫލުގައި ލިވަޕޫލް 2005ގެ ހޯދި ކާމިޔާބީ މިސާލަކަށް ބަލަންޖެހޭ ކަމަށް

ޗެމްޕިއަންސް ލީގު ފައިނަލްގައި މިރޭ މެންޗެސްޓަރ ސިޓީގެ އެންމެ މުހިންމު ފޯވަޑް އާލިން ހާލަންޑް ހިފަހައްޓާގޮތުގެ ޕްލޭނެއް އެބައޮތްކަމަށް އިންޓަމިލާނުން ބުނެފިއެވެ.

އެ ޓީމުގެ ކޯޗު ސިމޯން އިންޒާގީ ބުނީ ސިޓީއަށް މި ސީޒަނުގައި 52 ގޯލު ޖަހާދީފައިވާ އިސްކޮޅުންދިގު ބިޔަ ފޯވާޑުގެ އިތުރުން، މުޅި ޓީމުވެސް ހިފަހައްޓަންޖެހޭނެ ކަމަށެވެ.

ހާލަންޑަކީ ވަރަށް މޮޅު ފޯވާޑެއް. އޭނަ ހިފަހައްޓާނެ ގޮތުގެ ޕްލޭނެއް އެބައޮތް. ހަމައެކަނި އޭނައެއްނޫން. މުޅި ޓީމުވެސް ހިފަހައްޓަންޖެހޭނެ. އެކަމަށް އަހަރުމެން މިވަނީ ތައްޔާރުވެފަ.
އިންޒާގީ

އޭނާ ބުނީ އިންޓަމިލާނަކީ ގަދަ ޓީމެއް ނޫންކަމަށް ދެކެވޭ ވާހަކަތަކަކީ އޭނާގެ ޓީމަށް ލިބޭ ހިތްވަރެއް ކަމަށެވެ.

އަހަރުމެން މި ސީޒަނުގަ 56 މެޗު ކުޅެފިން. މީ 57 ވަނަ މެޗު. އަހަރުމެން މި ހިސާބަށް މިއައީ ކޮންމެސް ވަރެއްގެ ކަންތައްތަކެއް ހާސިލްކޮށްގެން. ކުޅުންތެރިންގެ މަސައްކަތާމެދު އަހަރެން ހިތްހަމަޖެހޭ. ތެދެއް، ގްރޫޕް ސްޓޭޖުގަ އަހަރުމެން ބަޔާން އަތުން ދެ ފަހަރު ބަލިވި. އެކަމަކު ސެމީ ފައިނަލްގަ (އޭސީ މިލާން ބަލިކުރަން) ދެއްކި ކުޅުމުގެ ސަބަބުން އަހަރެން މިހުރީ ވަރަށް އުފާވެފަ.
ކޯޗު
2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ތަށި ލިވަޕޫލްގެ ކެޕްޓަން ޖެރާޑް އުފުލާލަނީ - ގޫގުލް

ތުރުކީގައި މިރޭ ކުޅޭ ފައިނަލާ ބެހޭގޮތުން އޭނާ މިސާލު ދެއްކީ އިޓަލީގެ އޭސީ މިލާނާއި ލިވަޕޫލް 2005 ވަނަ އަހަރު އިސްތަންބޫލުގައި ކުޅުނު ފައިނަލް މެޗުންނެވެ. އެ ފައިނަލަށް އެ ދެ ޓީމު ނުކުތްއިރު އޭސީމިލާނަކީ ޔޫރަޕުގެ ގަދަ ބާރެކެވެ. ލިވަޕޫލް ފައިނަލަށް ދިޔައީ އިނގިރޭސި ލީގުގެ ގަދަ ހަތަރެއްގައިވެސް ނުހިމެނިއެވެ. މިލާން ތިން ލަނޑު ޖަހާފައިވަނިކޮށް އެއްވަރުކޮށް، ޕެނަލްޓީ ޖަހައިގެން ތަށި ހޯދީ ލިވަޕޫލެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ފެނިގެންދިޔަ އެންމެ އާދަޔާހިލާފު އެއް ފައިނަލެވެ. މި މެޗާއި މިރޭގެ މެޗު އިންޒާގީ ގުޅުވަނީ އިންޓަމިލާނާއި ސިޓީގެ އަމިއްލަ ލީގުގެ ނަތީޖާތަކުންނެވެ. މިރޭގެ ފައިނަލަށް ނުކުންނައިރު ސިޓީ ވަނީ ޖެހިޖެހިގެން ދެވަނަ އަހަރު އިނގިރޭސި ލީގު ކާމިޔާބުކޮށްފައެވެ. އިންޓައަށް މިދިޔަ ސީޒަނުގައި ދެވަނަ، އަދި މި ސީޒަނުގައި އިޓާލިއަން ލީގުގައި ލިބުނީ ތިންވަނައެވެ.

ބަލި ޓީމެއްގެ ގޮތުގައި ދުށުމަކީ އަހަރުމެންނަށް ލިބޭ ހިތްވަރެއް. ހަގީގަތުގަ މީ އަލުން ތާރީހު ލިޔެލަން އަހަރުމެންނަށް ލިބޭ ފުރުސަތެއް. އަހަރުމެން މާބޮޑު ކަންތައްތަކެއް ނުކޮށް މި ތައްޔާރުވަނީ ފައިނަލަށް.
އިންޒާގީ
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
50%
50%
0%
ކޮމެންޓް