Advertisement
ކ. މާލެ
|
10 ޖޫން 2023 | ހޮނިހިރު 13:41
ވީއައިއޭ
ވީއައިއޭ
އެމްއޭސީއެލް
ވީއައިއޭގެ ބައެއް ސަރަހައްދުތައް ބަންދުކުރުން
ސީޝެލްސްގެ ރައީސް ވަޑައިގަންނަވާތީ ވީއައިއޭގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ
ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުންގެ އިރުޝާދާ އެއްގޮތަށް އަމަލުކޮށް، އެއްބާރުލުން ދިނުމަށް އެދިފައިވޭ
ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11އިން 14އަށް

ސީޝެލްސްގެ ރައީސް ވޭވެލް ރާމްކަލާވަންއާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރާމްކަލާވާން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެވަޑައިގަންނަވަން ހަމަޖެހިފައިވާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް ސަރަހައްދުތަކާއި މަގުތައް ބަންދުކުރާނެކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11އިން 14އަށެވެ.

މިދަތުރުފުޅާ ގުޅިގެން އެމްއޭސީއެލްއިން ބުނީ، އާދިއްތަ ދުވަހުގެ މެންދުރު 2:00ން ހަވީރު 4:00ށް ހުޅުލޭގެ ފަޅާއި، މަގުތަކުގެ ބައެއް ސަރަހައްދުތައް ބަންދުވާނެ ކަމަށެވެ. އަދި މިމަހުގެ 14 ވަނަ ދުވަހުގެ ހަވީރު 5:00ން 6:00ށް ވެސް އެސަރަހައްދުތައް ބަންދުވާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

Advertisement

އެމްއޭސީއެލްއިން ބުނީ މިވަގުތުތަކުގައި އިންޓަނޭޝަނަލް ޓާމިނަލްގެ އުތުރު ކަނުން ފެށިގެން ޑޮމެސްޓިކް ޓާމިނަލްގެ ކަނާ ހަމައަށް އެއްވެސް މީހަކަށް ނުވަދެވޭނެ ކަމަށެވެ. ނަމަވެސް ކަނޑު އުޅަނދުފަހަރުތަކަށް، ފަޅުގެ އެންމެ ދެކުނު ސަރަހައްދަށް (C)އަށް ވަދެވޭނެ ކަމަށް އެމްއޭސީލުން ބުނެއެވެ.

މީގެ އިތުރުން އެމްޓީސީސީގެ ބަސް މަޑުކުރާނީ ވެސްޓް ޕާކް އޭރިއާ (A) އަށެވެ. އަދި އެމްއޭސީއެލް ފެރީވެސް މަޑުކުރާނީ ވެސްޓް ޕާކާ ކައިރީގައި އޮތް ހާބަރު ސަރަހައްދު (B) އަށެވެ.

ފުރަން ދާ މީހުންނާއި އެވަގުތު އެއާޕޯޓުގައި އުޅޭ މީހުން ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުންގެ އިރުޝާދާ އެއްގޮތަށް އަމަލުކޮށް، އެއްބާރުލުން ދިނުމަށް އެދިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް