Advertisement
ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 19:00
ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
ގާނޫނު އަސާސީ ބަދަލުކުރުމުގެ ބާރެއް ސުޕްރީމްކޯޓަށް ލިބިގެން ނުވޭ: ވައްޑެ
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަކީ ގާނޫނު އަސާސީން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމެއް
ގާނޫނަށް ބަދަލު ގެނައުމުގެ ބާރެއް ސުޕްރީމް ކޯޓަށް ލިބިގެން ނުވޭ
މި ސަރުކާރު ވެރިކަމަށް އައިސްފައިވަނީވެސް ޝަރުއީ ދައިރާއަށް ބާރު ފޯރުވައިގެން

މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެންލޭނެ ގޮތްތަކާއި ގުޅޭ ގޮތުން އެޓާނީ ޖެެނެރަލް މަޖިލީހަށް ހުށަހަޅާފައިވަނީ އެ މަނިކުފާނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލައެއް ނޫން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

މާފަންނު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ވާހަކަދައްކަވަމުން، ތުލުސްދޫ ދައިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ މަޖިިލީހުގެ މެންބަރުން ވަކިވާނެ ގޮތްތައް ވަރަށް ސާފުކޮށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު އިތުރުގޮތްތަކެއް ކަނޑައެޅޭނެ އެއްވެސް ގޮތެއް އެޓާނީ ޖެެނެރަލްއަށްވެސް ނޯންނާނެ ކަމަށެވެ. މި ނޫން ގޮތަކަށް ސުޕްރީމް ކޯޓު މެދުވެރިކޮށްވެސް ބަދަލު ގެނައުމަކީ ގާނޫނު އަސާސީއަށް ބަދަލު ގެނައުން ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ އިހްތިޔާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، މިހުރިހާ ކަމެއް މިގޮތަށް ކަނޑައެޅިގެން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް އެއާ ޚިލާފަށް ނިންމުންތަކެއް ނިންމާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"މިޒާތުގެ މައްސަލައެއް މީގެ ކުރިންވެސް ސުޕްރީމް ކޯޓުން ބަލާ ނިންމާފަ އެބަ އޮތް. އެގޮތުން ކައުންސިލަރުންގެ މައްސަލައެއް. ޕާޓީ ބަދަލުކޮށްފި ކަމުގައިވާ ނަމަ އެމީހުންނަށް ގޮނޑި ގެއްލޭނެތޯ ހުށަހެޅުނު މައްސަލައެއް. ފަސް ފަނޑިޔާރުން ތިއްބަވައިގެން ކަނޑައަޅާފައިވަނީ އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް. މިކަން ނިންމަވަން ހަވާލާދެއްވާފައިވަނީ ގާނޫނު އަސާސީގެ 30 ވަަނަ މާއްދާއަށް" ވަހީދު ވިދާާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކުރީގެ އިސްލާމިކް މިނިސްޓަރ އަބްދުލްމަޖީދު އަބްދުލް ބާރީ ވިދާޅުވީ، މި ސަރުކާރުން އެންމެ ފުރަތަމަ މަސައްކަތް ފެށީވެސް ޖުޑިޝަރީއަށް ބާރުފޯރުވުމުގެ ތެރެއިން ކަމަށެެވެ. މިކަން ފެށިގެން އައީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރެއިންކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ހުރިހާ މުއައްސަސާތަކައް މިހާރު ބާރުފޯރުވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ މަޖީދު ވިދާޅުވީ، ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބު ހުށަހަޅާފައިވާ މައްސަލައަކީ ވަރަށް ސާފު މައްސަލައެއް ކަމަށާއި އޭގައި ގޮތެއް ކަނޑައެޅުމެއް ނެތް ކަމަށެވެ.

" އިސްލާމް ދީނުގައިވެސް ޔަގީންވާ ކަމެއް ޝައްކުވާ ކަމަކުން ބަދަލެއް ނުކުރެވޭނެ ކަމަށް ވަނީ. އެހެންވީމަ ޔަގީންވާ ކަމެއް، ދުސްތޫރުގައި ބުނެފައިވާ ކަމެއް އިތުރަށް މާނަކުރުމެއް ނޯންނާނެ" ޑރ މަޖީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީއަކުން އިންތިޚާބް ވުމަށްފަހު އެ ޕާޓީން ވަކިވުމާއި، ޕާޓީ ބަދަލަކުރުމާއި އަދި ޕާޓީން ވަކިކުރާ ހާލަތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެކަމަށް ކަނޑައަޅައި ދިނުމަށް އެދި ބަންޑާރަނައިބު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ހޯމަ ދުވަހުއެވެ.

ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ޕާޓީއަކަށް ތާއީދުކޮށް، އެ ފިކުރު ޕްރޮމޯޓްކުރާނެ ކަމުގެ ޔަގީންކަން ދީގެން އެ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކޮށް، އެ ސިޔާސީ ފިކުރު ރައްޔިތުންނަށް ވިއްކައިގެން، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރެއްގެ ގޮތުގައި އިންތިޚާބުވުމަށް ފަހު އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން ނުވަތަ ފްލޯ ކްރޮސް ކުރުމަކީ އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ސިޔާސީ ފިކުރާއި ޚިލާފުވެ އެ ރައްޔިތުންނާއި ޕާޓީއަށް އޮޅުވާލުން ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް