ކ. މާލެ
|
8 ޖޫން 2023 | ބުރާސްފަތި 08:09
ރައިސް ކޮންފަރެންސް ލީގުގެ ޓްރޮފީއަށް ބޮސްދެނީ
ރައިސް ކޮންފަރެންސް ލީގުގެ ޓްރޮފީއަށް ބޮސްދެނީ
ރޮއިޓާސް
ޑެކްލަން ރައިސްގެ ކުރިމަގު
ވެސްޓް ހޭމް ދެކެ ލޯބިވާކަމަށް ބުނަމުން ރައިސް ކްލަބްގައި މަޑުކުރާނެކަމުގެ އިޝާރާތެއް!
އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތް

ވެސްޓް ހޭމްގެ ކެޕްޓަން ޑެކްލަން ރައިސް އެކްލަބްގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ދީފިއެވެ.

43 އަހަރުގެ ތެރޭގައި ވެސްޓް ހޭމްއަށް ބޮޑު މުބާރާތެއް ކާމިޔާބުކޮށްދިނުމަށްފަހު ކްލަބްގެ ކެޕްޓަން ބުނީ "މިކްލަބަށް ކުޅެން އަހަރެން ލޯބިކުރަން" ކަމަށެވެ. އޭނާގެ ވާހަކަ މިފަދަ މޭރުމަކުން މިއައި ކޮންފަރެންސް ލީގުގެ ފައިނަލް މެޗަކީ އިނގިރޭސި މިޑްފީލްޑަރ ވެސްޓް ހޭމްއަށް ކުޅޭ ފަހު މެޗުކަމަށް ބައެއް ރިޕޯޓުތައް ބުނަމުން ދަނިކޮށެވެ. 26 އަހަރުގެ މިޑްފީލްޑަރަށް ޔޫރަޕްގެ ގަދަ ބާރުތަކުން ޝައުޤުވެރިއެވެ. އެކަމަކު ރައިސް ބުނީ މިވަގުތު ތަފާތު ވާހަކަތައް ދައްކާނެކަމަށާއި, ބައެއް ކްލަބްތަކުގެ ހުށަހެޅުންތައް ވެސް އެބަހުރި ކަމަށެވެ. އެކަމަކު އެއާ ވިދިގެން އޭނާ ބުނީ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތްކަމަށެވެ.

އަހަރެން މިކްލަބް ދެކެ ލޯބިވޭ, މިކްލަބަށް ކުޅެން އަހަރެން ޝައުޤުވެރިވޭ
ޑެކްލަން ރައިސް

އޭނާ ބުނީ މިވަގުތު ފޯކަސް ހުރީ ވެސްޓް ހޭމްއަށް ކުޅެން ކަމަށެވެ. އެކަމަކު ވާނެގޮތް ބުނަން ނޭންގޭ ކަމަށާއި, ވާގޮތް ބަލަން ތިބެން އެދުނެވެ. ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޮއިސް ބުނީ އޭނާގެ ކެޕްޓަން ކްލަބް ދޫކޮށްލުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. ފާއިތުވި ހަ އަހަރު ރައިސް ކުޅުނީ ވެސްޓް ހޭމް ޔުނައިޓެޑަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް