ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 18:09
ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމް
މުހައްމަދު ޝަރުހާން
ރައީސް މައުމޫނު
މެމްބަރުކަމުން ވަކިވާ ހާލަތުތައް ގާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައި، އިތުރު ތަރުޖަމާއެއް ބޭނުމެއް ނޫން: ރައީސް މައުމޫން
މެމްބަރުކަމުން ވަކިވާ ހަލާތްތަށް ގާނޫނު އަސާސީންގައި ވަރަށް ސާފްކޮށް ވަނީ ބަޔާންކޮށްފައި
މައްސަލަ ހުށައެޅީ ދިވެހި ރައްޔިތުންގެ ނަމުގައި
މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާ ހާލަތްތައް ގާނޫނޫ އަސާސީގައި ބަޔާންކޮށްފައި ވާއިރު، އެކަމަށް އިތުރު ތަރުޖަމާއެއް ބެނުންނުވާކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުﷲ ގައްޔޫމް ވިދާޅުވެއްޖެއެއެވެ.

އަންގާރަ ދުވަހު ރައީސް މައުމޫން މި ގޮތަށް ޓްވީޓް ކުރެއްވީ ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީއަކުން އިންތިޚާބް ވުމަށްފަހު އެ ޕާޓީން ވަކިވުމާއި، ޕާޓީ ބަދަލަކުރުމާއި އަދި ޕާޓީން ވަކިކުރާ ހާލަތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ބަންޑާރަނައިބު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާ ހަލާތްތަށް ގާނޫނު އަސާސީގައި ވަރަށް ސާފްކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

ދިވެހި ރައްޔިތުންގެ ނަމުގައި ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންނެވީ، ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި، ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި، ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ އިތުރުން ގާނޫނު އަސާސީގެ 75 ވަނަ މާއްދާ މާނަކޮށް، މަޖިލިހަށް އިންތިޚާބްވާއިރު ހުންނަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ، އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. ބަންޑާރު ނައިބް ހުށައެޅުއްވި މައްސަލައަށް އިޝާރަތް ކުރައްވާ ރައީސް މައުމޫން ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަކަށް އިތުރު ތަރުޖަމާއެއް ބޭނުންނުވާ ކަމަށެވެ.

ތިން ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ސަރުކާރުން ހުށަހެޅިއިރު، ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ހާލަތުތައް ކަމަށް ބަޔާންކޮށްފައިވާ ހާލަތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކާއި ގުޅޭ އެއްވެސް ކަމެއް ހިމެނިފައެއް ނުވެއެވެ.

ސަރުކާރުން މި މައްސަލަ ހުށަހަޅާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް، ސަރުކާރުން ހިންގާ ޕީޕީއެމްގެ 11 މެންބަރަކު ހިމެނޭ ގޮތަށް، ޖުމްލަ 45 މެންބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވަނިކޮށެވެ. މީގެ އިތުރުން، މައްސަލަ ހުށަހަޅާފައި މިވަނީ މަސީހުގެ އިތުބާރުގެ ގަރާރުގައި ސޮއިކުރެއްވި މެންބަރުންތައް ޕީޕީއެމުން ވަކިވަމުންދާ ދަނޑިވަޅެއްގައެވެ.

- ކޮމެންޓް